މިހާރަކަށް އައިސް އިންޑިއާ ޓީޗަރުންނަށް ބޭރުތެރެއިން ކުރާ ފުރައްސާރަ އިތުރުވެފައިވާ ކަމަށާއި އެކަމުގެ ސަބަބުން ކިޔަވާ ދަރިވަރުންނަށް އިއާދަނުކުރެވޭނެ ވަރުގެ ގެއްލުންތަކެއް ލިބިގެން ހިގައިދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިހެން ބުނެފައިވަނީ ށ. ފުނަދޫގައި ހުންނަ އަތޮޅު މަދަރުސާގެ ފާރުގައި "އިންޑިއާ އައުޓް" ލިޔެފައިވާ ކަމަށް ބުނެ އެމައްސަލައާ ގުޅިގެން ނެރުނު ނޫސްބަޔާނެއްގައެވެ.
އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ "އިންޑިއާ އައުޓް" ހަރަކާތުގެ ތެރެއިން ސްކޫލް ދަރިވަރުން އެއްވެ އުޅޭ ތަންތަނުގައި ބެނާތައް ހަރުކުރުމާއި ސްކޫލް ފާރުތަކުގައި އެ އިބާރާތް ބޭނުންކޮށް ގްރެފިޓީގެ ގޮތުގައި ލިޔެ، ކުރަހަމުން ގެންދިޔުމާއި، އިންޑިއާ ޓީޗަރުންނަށް ބޭރުތެރެއިން ފުރައްސާރަ ކުރުން އިތުރުވެފައިވާ ކަމަށެވެ.
އެގޮތުން ސްކޫލް މަދަރުސާތަކަކީ ގިނަ އަދަދަކަށް އިންޑިއާ ޓީޗަރުން ވަޒީފާ އަދާކުރަމުންދާ ތަންތަނަށް ވެފައި، ސްކޫލް ސަރަހައްދުގައި "އިންޑިއާ އައުޓް" ގޮވުމާއި، ބެނާތައް ހަރުކުރުމާއި، ފާރުތަކުގައި ލިޔެ ހެދުމުގެ ސަބަބުން އެތަންތަނުގައި މަސައްކަތް ކުރާ ޓީޗަރުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދިފައިވާ ކަމަށް ބަޔާނުގައިވެއެވެ.
މިނިސްޓްރީން ބުނީ ސްކޫލް ތަކުގައި އިންޑިއާ ޓީޗަރުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އެމީހުން ސްކޫލްތަކުގައި އެދެމުންދާ ކަމަށެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނީ ރާއްޖޭގައި މަސައްކަތް ކުރާ އިންޑިއާ ޓީޗަރުންނަކީ އެ މީހުންގެ އަމިއްލަ ވަޒަނާއި އާއިލާތައް ދޫކޮށް، އަޅުގަނޑުމެންގެ ޅަދަރީންނަށް އުނގަންނައި ދިނުމުގެ ހިދުމަތުގައި ޒަމާނުއްސުރެން ހިދުމަތް ކުރަމުންދާ ބައެއް ކަމަށެވެ.
ބިދޭސީ ޓީޗަރުން ހޯދުމަށް ދަތިވެފައިވުމާއި، ރާއްޖެ ގެންނަ ބިދޭސީ ޓީޗަރުންނަކީ ދިވެހިން ލިބުން ދަތި މާއްދާތައް ކިޔަވައިދިނުމަށް ގެންނަ ޓީޗަރުން ކަމުގައި ވެސް އެޑިއުކޭޝަނުން ބުނެފައި ވެއެވެ. އެހެންކަމުން މިފަދަ އަމަލުތަކުގެ ސަބަބުން އެފަރާތްތަކުން ވަޒީފާ ދޫކޮށްދާން ޖެހޭ ހިސާބަށް ކަންކަން ގޮސް، ސްކޫލްތަކުގެ ކިޔަވައިދިނުމަށް ބޮޑެތި ގެއްލުންތަކެއްވެ، މިކަމުގެ ސަބަބުން ދަރިވަރުންނަށް އިޔާދަނުކުރެވޭ ފަދަ ބޮޑެތި ގެއްލުންތަކާ ކުރިމަތިލާންޖެހިދާނެ ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.
އެގޮތުން ސިޔާސީ މަންފާއަކަށް ހިންގާ މި ބާވަތުގެ ދަށު ދަރަޖައިގެ އަމަލުތަކުގެ ސަބަބުން ދަރިވަރުންގެ އުނގެނުމާއި އުނގަންނައި ދިނުމަށް އޭގެ ނުރަނގަޅު އަސަރު ފޯރަމުންދިޔުމަކީ ކަންބޮޑުވާ ކަމެއް ކަމަށް މިނިސްޓްރީން ބުނެ އެވެ.
އެޑިއުކޭޝަނުން ނެރުނު ބަޔާނުގައި އެފަދަ އަމަލުތައް (އިދިކޮޅުން ހިންގާ އިންޑިއާ އައުޓް ކެމްޕޭން) ކުށްވެރިކޮށް ސްކޫލްތަކުގައި މަސައްކަތް ކުރާ ބިދޭސީ ޓީޗަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރަން ހާއްސަ އިސްކަމެއް ދޭނެ ކަމަށްވެސް ބަޔާނުގައި ބުނެފައި ވެއެވެ.
ރައީސް ޔާމީން މިދިޔަ ހުކުރު ދުވަހު ފުނަދޫއަށް ވަޑައިގެން ބޭއްވެވި "އިންޑިޔާ އައުޓް" ހަރަކާތުގައި އެމަނިކުފާނު ވަނީ ފާރުތަކުގައި އިންޑިޔާ އައުޓް ލިޔުމަށް ގޮވާލައްވާފައެވެ. ފުނަދޫ ސްކޫލް ފާރުގައި ލިޔެފައިވަނީ "ސޭ ނޯ ޓު އިންޑިއަން" އެވެ. ނަމަވެސް މިކަން ކުރީ ކަނޑައެޅިގެން ކޮންބައެއްކަމެއް ނޭގެއެވެ.

ކިޔުންތެރިންގެ ހިޔާލު