ކަރަންޓު ކޭބަލަކަށް ގެއްލުންވެ ހިޔާ ފްލެޓްތަކުގެ ހުރިހާ ޓަވަރަކުން ކަރަންޓް ކެނޑިއްޖެއެވެ.
ސްޓެލްކޯއިން ބުނީ ހުޅުމާލޭގެ ހިޔާފްލެޓްތަކަށް ކަރަންޓު ދިނުމަށް އަޅާފައިވާ ކޭބަލަކަށް ކޮނުމުގެ ތެރޭގައި ގެއްލުންވެ، ހިޔާ ފްލެޓްތަކުން ކަރަންޓު ކެނޑިފައިވާ ކަމަށެވެ. އެ މައްސަލަ ހައްލުކޮށް ވީއެންމެ އަވަހަކަށް ކަރަންޓު ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ސްޓެލްކޯ އިން މައުލޫމާތުދެއެވެ.
ހިޔާ ފްލެޓްތަކުގެ ލިފްޓްތަކަކީ ކަރަންޓް ކެނޑިއްޖެނަމަ ބެކަޕް ޖަނަރޭޓަރުން ވެސް މަސައްކަތް ކުރާ ގޮތައް ހުންނަ ލިފްޓްތަކެއްކަން ފާހަގަކޮށްލެވެއެވެ. ހިޔާ ފްލެޓްތަކުން ކަރަންޓް ކެނޑުނުތާ މިހާރު ވަނީ ގިނަ އިރުތަކެއް ވެފައެވެ.

ހުޅުމާލޭގެ ހިޔާފްލެޓްތަކަށް ކަރަންޓު ދިނުމަށް އަޅާފައިވާ ކޭބަލަކަށް ކޮނުމުގެ ތެރޭގައި ގެއްލުންވެ، ހިޔާ ފްލެޓްތަކުން ވަނީ ކަރަންޓު ކެނޑިފައި. އެ މައްސަލަ ހައްލުކޮށް ވީ އެންމެ އަވަހަކަށް ކަރަންޓު ދިނުމުގެ މަސައްކަތް ދަނީ ކުރެވެމުން. ދިމާވާނެ ދަތިތަކަށް މާފަށް އެދެން.
— STELCO (@STELCOMALDIVES) January 17, 2022
ހިޔާ ފްލެޓްތަކުގެ ލިފްޓްތަކަކީ ކަރަންޓް ކެނޑިއްޖެނަމަ ބެކަޕް ޖަނަރޭޓަރުން ވެސް މަސައްކަތް ކުރާ ގޮތައް ހުންނަ ލިފްޓްތަކެއްކަން ފާހަގަކޮށްލެވެއެވެ. ހިޔާ ފްލެޓްތަކުން ކަރަންޓް ކެނޑުނުތާ މިހާރު ވަނީ ގިނަ އިރުތަކެއް ވެފައެވެ.
ކިޔުންތެރިންގެ ހިޔާލު