ސަރުކާރުން ކުރިއަށްގެންދާ "ރަސްމާލެ" މަޝްރޫޢަށްވުރެ ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިންގި "ކްރޮސްރޯޑްސް" (އެނބޫދޫފަޅު) ގެ ޑީލް އެތައް ގުނައެއް ގޯސް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.
ޑރ. ޝަމްހީދު މިހެން ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކުރިއަށްގެންދާ ރަސްމާލެ މަޝްރޫޢަކީ ބޮޑު އިސްރާފެއް ނުވަތަ "ވޭސްޓެއް" ކަމަށާއި އެ މަޝްރޫޢު ހުއްޓުވަން ޖެހޭ ކަމަށް ދޭހަވާ މޭރުމަކުން ކުރީގެ ރައީސް ޔާމީން ދާދިފަހުން ދެއްކެވި ވާހަކަފުޅުތަކަށް ރައްދު ދެއްވަމުންނެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝަމްހީދު ވިދާޅުވީ ރާއްޖޭގެ ސިޔާސީ މީހުންގެ އެންމެ ބޮޑު އެއް މައްސަލައަކީ ތިމާމެން ވެރިކަމުގައި ތިބެގެން ކަމެއް ކުރުމުން އެއީ ރަނގަޅު ކަމަކަށް ވެފައި، އެހެން ބަޔަކު އެފަދަ ކަމެއް ކުރުމުން ގޯސްވުން ކަމަށެވެ. އެގޮތުން، އެނބޫދޫ ފަޅަކީ ރަސްމާލެއަށްވުރެ މާލެއާ މާ ކައިރި، އަދި މާ އަގުހުރި ތަނެއްކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ އެތަން އެންމެ 30 މިލިއަން ޑޮލަރަށް ވިއްކަން އުޅުނުއިރު، އެތަނުން ދައުލަތަށް ލިބޭނެ ބިލިއަން ޑޮލަރުގެ ފައިދާ ބަޔާންކޮށް އޭރުގެ ވެރިންނަށް މެސެޖު ކުރެއްވި ކަމަށެވެ. ނަމަވެސް އެ އަޑު އެއްވެސް ބޭފުޅަކު ނޭއްސެވި ކަމަށް ޝަމްހީދު ވިދާޅުވިއެވެ.
މީގެއިތުރުން، ކްރޮސްރޯޑްސް ޕްރޮޖެކްޓަށް ޑިއުޓީ މާފުކޮށްދީ، ސީދާ އެތަނަށް މުދާ ބޭލޭނެ ގޮތް ހަމަޖައްސައިދިނުމުގެ ސަބަބުން، ދައުލަތަށް އެތަނުން ލިބުނު 30 މިލިއަން ޑޮލަރަށްވުރެ ދައުލަތުގެ މާލިއްޔާއަށް ވީ ގެއްލުން މާ ބޮޑު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"ކްރޮސްރޯޑްސް (އެނބޫދޫފަޅު) އަތުލަން ގޮވާނުލައި، ރަސްމާލެ ޑީލް ގޯސްކޮށް އެތަން އަތުލަން ވާހަކަ ދެއްކުމަކީ އެއްވެސް ހަމަޖެހޭ ވާހަކައެއް ނޫން. ހަގީގަތަކީ ރަސްމާލެ ޑީލަށްވުރެ އެތައް ގުނައެއް ކްރޮސްރޯޑްސް ޑީލް ގޯސްކަން،" ޝަމްހީދުގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.
ރައީސް ޔާމީންގެ ވާހަކަފުޅުތަކާ ގުޅިގެން ސަރުކާރު ހިންގާ ޕީއެންސީގެ އިސް ބޭފުޅުންނާއި މަޖިލިސް މެންބަރުންވެސް
ގެންދަވަނީ ރަސްމާލެ މަޝްރޫޢަކީ ރާއްޖޭގެ ތާރީޚުގައިވެސް ހިންގޭ އެންމެ ބިޔަ އަދި ރައްޔިތުންގެ ބޯހިޔާވަހިކަމަށް ދާއިމީ ހައްލެއް ގެނެސްދޭނެ ތާރީޚީ މަޝްރޫޢެއްގެ ގޮތުގައި ފާހަގަކުރައްވައި، ރައީސް ޔާމީންގެ ފާޑުކިޔުންތަކަށް ރައްދު ދެއްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު