ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ސްރީލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސައާ މިއަދު ބައްދަލުކުރައްވައިފިއެވެ.
ރައީސް ނަޝީދު ސްރީލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސައާ ބައްދަލުކުރެއްވީ ސްރީލަންކާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
ރައީސް ނަޝީދު ލަންކާއަށް ކުރައްވާ ދަތުރުފުޅަކީ ލަންކާގެ މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސް، މިނިސްޓަރ އޮފް ޑިވެލޮޕްމަންޓް ކޯޑިނޭޝަން އެންޑް މޮނިޓަރިންގ އަދި ސްޓޭޓް މިނިސްޓަރ އޮފް ޑިޖިޓަލް ޓެކްނޮލޮޖީ އެންޑް އެންޓަރޕްރައިސް ޑިވެލޮޕްމަންޓް، ހިޒް އެކްސެލެންސީ ނަމާލް ރާޖަޕަކްސާގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.
ރައީސް ނަޝީދާއި ސްރީލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ ބޭއްވި ބައްދަލުކުރެއްވުމުގައި މަޝްވަރާތަކެއް ކުރައްވާފައި ވީނަމަވެސް އެއީ ކޮން މަޝްވަރާތަކެއްކަމެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
ރައީސް ނަޝީދު ލަންކާއަށް ކުރައްވާ ދަތުރުފުޅުގައި 5 ވަނަ ސްރީ ލަންކާ ޔޫތު ޕާލަމެންޓުގެ 2 ވަނަ ސެޝަންގައި ޝަރަފުވެރި މެހެމާނެއްގެ ޙައިސިއްޔަތުން ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. މި ސެޝަނަކީ ސްރީ ލަންކާގެ ޒުވާނުންގެ ލީޑަރޝިޕް ހުނަރުތައް އަށަގެންނެވުމަށާއި، އެހުނަރުތައް ދަސްކޮށްދިނުމުގެ މަޤްޞަދުގައި ނޭޝަނަލް ޔޫތު ސަރވިސަސް ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ ސެޝަނެކެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ސްރީލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި pic.twitter.com/JYlN4LPomb
— People's Majlis (@mvpeoplesmajlis) January 17, 2022
ރައީސް ނަޝީދު ލަންކާއަށް ކުރައްވާ ދަތުރުފުޅުގައި 5 ވަނަ ސްރީ ލަންކާ ޔޫތު ޕާލަމެންޓުގެ 2 ވަނަ ސެޝަންގައި ޝަރަފުވެރި މެހެމާނެއްގެ ޙައިސިއްޔަތުން ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. މި ސެޝަނަކީ ސްރީ ލަންކާގެ ޒުވާނުންގެ ލީޑަރޝިޕް ހުނަރުތައް އަށަގެންނެވުމަށާއި، އެހުނަރުތައް ދަސްކޮށްދިނުމުގެ މަޤްޞަދުގައި ނޭޝަނަލް ޔޫތު ސަރވިސަސް ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ ސެޝަނެކެވެ.
ކިޔުންތެރިންގެ ހިޔާލު