މަޑިވަރު އެއަރޕޯޓް ހިންގުމަށް ޤައުމީ އެއަރލައިން ހިންގާ އައިލެންޑް އޭވިއޭޝަން ސާރވިސަސް ލިމިޓެޑާއި ހަވާލުކޮށްފިއެވެ.

އައިލެންޑް އޭވިއޭޝަނުން ބުނީ މަޑިވަރު އެއަރޕޯޓް ހިންގާ ބެލެހެއްޓުމަށް، އެއަރޕޯޓް ތަރައްޤީކުރި ކުރެއްދޫ ހޯލްޑިންގ ލިމިޓެޑާއި އައިލެންޑް އޭވިއޭޝަން ސާރވިސަސް ލިމިޓެޑާއި ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފައިވާކަމަށެވެ.

އައިލެންޑް އޭވިއޭޝަނުން ބުނީ މި އެއްބަސްވުމުގައި ސޮއިކުރެވުމާއެކު، މަޑިވަރު އެއަރޕޯޓް ރަސްމީކޮށް ހުޅުވުމަށް ކުރަންޖެހޭ އެންމެ ފަހުގެ މަސައްކަތްތައް ކުރެއްދޫ ހޯލްޑިންގ ލިމިޓެޑާއި ގުޅިގެން ފަށާފައިވާކަމަށެވެ. އަދި އެއާރޕޯޓް ހުޅުވުމަށް ކުރަންޖެހޭ މަސައްކަތްތައް ނިމުމާއެކު ފެބުރުއަރީމަހު މޯލްޑިވިއަންގެ ޝެޑިއުލް ދަތުރުތައް މަޑިވަރު އެއާރޕޯޓަށް ފެށުމަށް ނިންމާފައިވާކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެއެވެ.

މަޑިވަރު އެއަރޕޯޓަށް ޝެޑިއުލް ދަތުރުތައް ފެށުމަށް ހަމަޖެހިފައިވާއިރު މަޑިވަރުގައި ތަރައްގީކުރާ އެއަރޕޯޓަށް މިދިޔަމަހުގެ 25 ވަނަ ދުވަހު ވަނީ ފުރަތަމަ ޓެސްޓް ފްލައިޓް ޖައްސާފައެވެ.

މަޑިވަރު އެއަރޕޯޓް ހިންގުމާއި އައިލެންޑް އޭވިއޭޝަނުން ހަވާލުވެފައިވާއިރު މިވަގުތު އައިލެންޑް އޭވިއޭޝަންގެ ފަރާތުން ދަނީ 3 ޑޮމެސްޓިކް އެއަރޕޯޓެއް ހިންގަމުންނެވެ. އެއީ ބ. ދަރަވަންދޫ، ތ. ތިމަރަފުށި އަދި ރ. އިފުރު އެއަރޕޯޓެވެ. މީގެއިތުރުން އައިލެންޑް އޭވިއޭޝަންގެ ފަރާތުން ދަނީ ނ. މާފަރުގައި އިންޓަރނޭޝަނަލް އެއާޕޯރޓެއްވެސް ހިންގަމުންނެވެ.

ހިންގުމުގެ ދޯދިޔާކަމުން ބޮޑެތި ގެއްލުންތަކެއް ވަމުންދާ އަދި ބަނގްރޫޓުވުމުގެ ބިރާއި ކުރިމަތިލާން ޖެހިފައިވާ ކަމަށް ބުނާ ގައުމީ އެއާލައިން ހިންގާ ކުންފުންޏާ އިތުރު ވައިގެ ބަނދަރެއް ހިންގަން ހަވާލުކުރިއިރު އެކުންފުނީގެ ބައެއް މަތިންދާ ބޯޓުފަހަރު ސާރވިސް ނުކުރެވިގެން ގްރައުންޑް ކޮށްފައިވާ ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓް ކޮށްފަ އެވެ.


ކިޔުންތެރިންގެ ހިޔާލު


6

މަޑާ

18-Jan-2022

ކޮބާ މިހާރު ސިމް ޖާބިރަށް ޗީފް ޕައިލެޓްކަން ހަވާލު ކުރީތަ؟



ޓްރެންޑިން