ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސުް މުޙައްމަދު ނަޝީދު
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސުް މުޙައްމަދު ނަޝީދު
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ބުރަކޮށް މަސައްކަތް ކުރުމަކީ ރައްޔިތުންނަށް ދިން އީދު ހަދިޔާ ކަމަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިގޮތަށް ވިދާޅުވީ، ވީޑިއޯ މެސެޖެއް މެދުވެރިކޮށް އީދު ތަހުނިޔާ ފޮނުވަމުންނެވެ.

އެމަނިކުފާނު ވަނީ މެންބަރުން ވަގުތު ދެއްވައި ސާބިތުކަމާއިއެކު ނުކުންނަވާ ކުރައްވަމުންގެންދަވާ މަސައްކަތްތައް ފާހަގަ ކުރައްވާފައެވެ. އަދި މަޖިލިސް ހިންގުމުގައި މެންބަރުން ދެއްވާ އެއްބާރުލުމަކީ ރާއްޖޭގެ ރައްޔިތުންނަށް ދެވޭ އީދުގެ ތަހުނިޔާއާއި އީދު ހަދިޔާއެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ތިޔަ އިއްޒަތްތެރި މެމްބަރުން ވަގުތު ދެއްވައި، ސާބިތުކަމާއެކު ނުކުންނަވާ ތިޔަ ކުރައްވާ މަސައްކަތަށް، މި މަޖިލިސް ހިންގުމުގައި ތިޔަ ދެއްވާ އެއްބާރުލުން، އެއީ އަޅުގަނޑު ދެކޭ ގޮތުގައި މިއަދު ރާއްޖޭގެ ރައްޔިތުންނަށް ދެވޭ އިދު ތަހުނިޔާ އަދި އީދު ހަދިޔާ." ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް މުހައްމަދު ނަޝީދު ވަނީ އެންމެހާ މެންބަރުންނަށް ފިތުރު އީދުގެ ތަހުނިޔާ އާއި މުބާރިކްބާދީ ވިދާޅުވެފައެވެ. އޭގެއިތުރުން މަޖިލީހުގެ ހީވާގި މުވައްޒަފުން ކުރައްވަމުންގެންދަވާ މަސައްކަތަށް ރައީސް ނަޝިދު ވަނީފަށްފަށުން ޝުކުރު އަދާކުރަށްވާކަން ހާމަކުރައްވާފައެވެ.

ވީޑިއޯ މެސެޖްގައި މަޖިލިސްގެ ހުރިހާ ސެކްޝަންތަކުގެ މުވައްޒަފުންވެސް މި ދަނޑިވަޅުގައި މަޖިލިސް ހިންގެވުމަށް ދެއްވާ އެއްބާލުމަށް އެމަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ.

އީދު ބަންދުގައި ވެސް މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދަން ނިންމަވާފައިވާއިރު ރާއްޖޭގައި ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާއި ގުޅިގެން މަޖިލީހުގެ ޖަލްސާތައް ކުރިއަށްގެންދަވަނީ "ވާޗުއަލް" ކޮށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން