އަހުމަދު މަސްނޫމް   18 ޖެނުއަރީ 2022 - 1:19
މިދިޔަ ޑިސެމްބަރުމަހު ރާއްޖެއިން އެކްސްޕޯޓްކުރި މުދަލުގެ މިންވަރު ދަށަށް ހިނގައްޖެއެވެ.

މޯލްޑިވްސް ކަސްޓަމުން ބުނީ މިދިޔަ ޑިސެމްބަރުމަހު ރާއްޖެއިން 327 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓްކޮށްފައިވާއިރު މިއީ އޭގެކުރީ ޑިސެމްބަރުމަހު އެކްސްޕޯޓްކުރި 457 މިލިއަން ރުފިޔާގެ މުދަލާއި އަޅާބަލާއިރު 28 އިންސައްތަ ދަށް އަދަދެއް ކަމަށެވެ.

ކަސްޓަމުން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން 2020 ވަނަ އަހަރުގެ ޑިސެމްބަރުމަހު ދައުލަތަށް އިމްޕޯޓު އަދި އެކްސްޕޯޓުން ލިބިފައިވަނީ 296 މިލިއަން ރުފިޔާގެ އާމްދަނީއެކެވެ. މިދިޔަ ޑިސެމްބަރުމަހު މިޢަދަދުވަނީ 364 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން 2020 ވަނަ އަހަރުގެ ޑިސެމްބަރުމަހު ރާއްޖެއަށް 2.5 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށްފައިވާއިރު، މިދިޔަ ޑިސެމްބަރުމަހު މި ޢަދަދު ހުރީ 4.5 ބިލިއަންގައެވެ. މިއީ 78 އިންސައްތަ އިތުރު އަދަދެކެވެ.

މިދިޔަމަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވަނީ ޔޫ.އޭ.އީ، ޗައިނާ، އަދި އިންޑިއާ އާއި އޮމާނުންނެވެ.

މިދިޔަމަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެކްސްޕޯޓުކޮށްފައި ވަނީ ތައިލޭންޑަށާއި، ޖަރުމަންވިލާތަށާއި، މޮރިޝަސްއަށާއި، އިނގިރޭސިވިލާތުގެ އިތުރުން ޖަޕާނަށެވެ. އެގޮތުން އެކްސްޕޯޓްކުރި މުދަލުގެ 37 އިންސައްތަ މުދާ އެކްސްޕޯޓްކޮށްފައިވަނި ތައިލޭންޑަށެވެ. 16 އިންސައްތަ ޖަރުމަންވިލާތަށް އަދި އެކްސްޕޯޓްގެ 9 އިންސައްތަ އަކީ މޮރިޝަސްއަށް އެކްސްޕޯޓްކުރި މުދަލެވެ.

2020 ވަނަ އަހަރުގެ ޑިސެމްބަރުމަހާ އަޅާބަލާއިރު މިދިޔަ ޑިސެމްބަރުމަހު ރާއްޖެ އެތެރެވި އުޅަނދުފަހަރުގެ އަދަދާއި ރާއްޖެއިން ފުރާފައިވާ އުޅަނދުގެ އަދަދު ވަނީ ދަށްވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން