މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ ޚިދުމަތްތައް ހޯދުމަށް ފަސޭހަކޮށްދިނުމުގެ ގޮތުން "1500 ހެލްޕް"ގެ ނަމުގައި ޚާއްސަ އޮފީހެއް ޤާއިމްކޮށްފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ "1500 ހެލްޕް"ގެ ނަމުގައި ޤާއިމްކުރި އޮފީހުން އެ މިނިސްޓްރީގެ ހިދުމަތްތަކާ ބެހޭގޮތުން މަޢުލޫމާތު ސާފުކޮށްދިނުމާއި މިނިސްޓްރީގެ ހިދުމަތްތަކަށް އެދި އޮންލައިންކޮށް ހުށަހަޅާފައިވާ އެޕްލިކޭޝަނެއް ޕްރޮސެސްވުމުގައި ދިމާވާ ދަތިތައް ހައްލުކޮށްދިނުމަށްވެސް އެހީތެރިވެދޭނެކަމަށެވެ.

މި އޮފީސް ހުޅުވާފައިވަނީ މާލޭ ބޮޑުތަކުރުފާނު މަގުގައި ހުންނަ އެމްޓީސީސީ ހުޅުމާލެ ފެރީ ޓާމިނަލް އިމާރާތުގައެވެ. މި އޮފީސް ހުޅުވާފައިވަނީ ހުންނަނީ ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ހަވީރު 5:00އަށެވެ.

ޚިދުމަތްތައް ހޯދުމަށް ފަސޭހަކޮށްދިނުމުގެ ގޮތުން "1500 ހެލްޕް"ގެ ނަމުގައި ހާއްސަ އޮފީހެއް ޤާއިމްކޮށްފައިވާއިރު ކުދި ވިޔަފާރިތަކަށް ހާއްސަކޮށްގެން އެސްއެމްއީ ހަބެއް މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި ހުޅުވުމަށް މަސައްކަތް ކުރަމުންދާކަމަށް އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިންގާ ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ބީސީސީން ވަނީ ބުނެފައެވެ.

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ބީސީސީން ބުނީ އެސްއެމްއީ ހަބްގެ އެންމެ ބޮޑު ބޭނުމަކީ އަލަށް ފަށައިގަންނަ ވިޔަފާރިތަކަށް ތަކެތި މާކެޓްކުރަން އެހީވެދީ، އެތަކެތި ވިއްކޭނެ މަގު ފަހިކޮށްދިނުންކަމަށެވެ.

އޯކިޑް މަގާއި ޗާންދަނީ މަގާއި ގުޅޭ ހިސާބުގައި ހުންނަ އެލައިޑު އިމާރާތުގައި ހުޅުވަން މަސައްކަތްކުރާ މި އެސްއެމްއީ ހަބުގައި ކުދި ވިޔަފާރިތަކަށް ކިއޯސްކެއް ނުވަތަ ސްޓޯލެއް އެރޭންޖު ކޮށްގެން ތަކެތި އަމިއްލައަށް ވިއްކުމުގެ ފުރުސަތު އޮންނާނެކަމަށް ބީސީސީން ބުނެއެވެ. އަދި މިކަމުގެ ސަބަބުން ފަށައިގަންނަ ވިޔަފާރިތަކުން އަމިއްލައަށް ތަންތަން ކުއްޔަށް ހިފައިގެން ވިޔަފާރިކުރަންޖެހޭ ކުރުމަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބޭނެކަމަށް ބީސީސީން ބުނެއެވެެ.



ކިޔުންތެރިންގެ ހިޔާލު