ހަނގުރާމަވެރިން އަބޫދާބީ އެއަރޕޯޓަށް ދިން ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ.
ހޫތީ ހަނގުރާމަވެރިން އިއްޔެ ވަނީ ޑްރޯންތަކެއް ބޭނުންކޮށްގެން ޔޫއޭއީގެ އަބޫ ދާބީއަށް ހަމަލާތަކެއް ދީފައެވެ. މިހަމަލާގައި 3 މީހަކު މަރުވެ، އެތައް ބަޔަކު ޒަަހަމްވިއެވެ.
މި ހަމަލާތަކާ ގުޅިގެން އދގެ އާއްމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ހާރިޖީ ވަޒީރު ވަނީ މިހަމަލާއަކީ ބައެއްގެ ފިނޑި އަމަލެއްކަމަށް ސިފަ ކުރައްވައި، އެކަން ހަރުކަށި ޢިބާރާތުން ކުށްވެރިކުރައްވާފަެެވެ. އަދި މިފަދަ ކަންކަމަކީ ބައިނަލްއަގުވާމީ މުޖްތަމައުން އަޅާނުލާ ތިބޭނެ ކަންކަން ނޫންކަމަށް ޝާހިދު ވިދާޅުވިއެވެ.
ރާއްޖޭގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުން އަންނަނީ އަބޫދާބީއަށް ދިން ހަމަލާ ކުށްވެރިކުރަމުންނެވެ.
ބައެއް ހަބަރުތައް ބުނާގޮތުން މި ހަމަލާތައް އަމާޒުވީ ތެޔޮ ރައްކާކުރާ ތަނަކަށެވެ. އެގޮތުން މި ހަމަލާގައި 3 ޕެޓްރޯލިއަމް ޓޭންކަރުގައި އަލިފާން ރޯވެ، 3 މީހަކު މަރުވިކަމަށް ހަބަރުތައް ބުނެއެވެ. މަރުވީ އިންޑިއާގެ ދެ މީހުންނާއި ޕާކިސްތާނު މީހެކެވެ. މި ހަމަލާގައި އަބޫދާބީ އެއާރޕޯޓްގެ ކޮންސްޓްރަކްޝަން ސައިޓެއްގައި އަލިފާން ރޯވިކަމުގެ ހަބަރުތައްވެސް ވަނީ ފެތުރިފައެވެ.

2 Drone attacks on #AbuDhabi international airport. pic.twitter.com/9QXBYX0pr8
— గుడుంబా సత్తి (@GudumbaNews) January 17, 2022
މި ހަމަލާތަކާ ގުޅިގެން އދގެ އާއްމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ހާރިޖީ ވަޒީރު ވަނީ މިހަމަލާއަކީ ބައެއްގެ ފިނޑި އަމަލެއްކަމަށް ސިފަ ކުރައްވައި، އެކަން ހަރުކަށި ޢިބާރާތުން ކުށްވެރިކުރައްވާފަެެވެ. އަދި މިފަދަ ކަންކަމަކީ ބައިނަލްއަގުވާމީ މުޖްތަމައުން އަޅާނުލާ ތިބޭނެ ކަންކަން ނޫންކަމަށް ޝާހިދު ވިދާޅުވިއެވެ.
Condemn the cowardly attack in Abu Dhabi airport using drones, resulting in loss of human lives and injuring many.
— Abdulla Shahid (@abdulla_shahid) January 17, 2022
The international community will never tolerate these blatant acts of terrorism.#Maldives stands in solidarity with the people of #UAE @ABZayed
ރާއްޖޭގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުން އަންނަނީ އަބޫދާބީއަށް ދިން ހަމަލާ ކުށްވެރިކުރަމުންނެވެ.
ބައެއް ހަބަރުތައް ބުނާގޮތުން މި ހަމަލާތައް އަމާޒުވީ ތެޔޮ ރައްކާކުރާ ތަނަކަށެވެ. އެގޮތުން މި ހަމަލާގައި 3 ޕެޓްރޯލިއަމް ޓޭންކަރުގައި އަލިފާން ރޯވެ، 3 މީހަކު މަރުވިކަމަށް ހަބަރުތައް ބުނެއެވެ. މަރުވީ އިންޑިއާގެ ދެ މީހުންނާއި ޕާކިސްތާނު މީހެކެވެ. މި ހަމަލާގައި އަބޫދާބީ އެއާރޕޯޓްގެ ކޮންސްޓްރަކްޝަން ސައިޓެއްގައި އަލިފާން ރޯވިކަމުގެ ހަބަރުތައްވެސް ވަނީ ފެތުރިފައެވެ.
ކިޔުންތެރިންގެ ހިޔާލު