މާފުށީ ޖަލު
މާފުށީ ޖަލު
ކުއްލި ޙާލަތަށް ގެނެއްފައިވާ މާފުށީ ޖަލުން މިހާތަނަށް 63 ގައިދީއަކާއި ފަސް އޮފިސަރަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

ކޮވިޑް-19 ގެ ޕޮޒިޓިވް ކޭސްތަކެއް ފެނުމާއި ގުޅިގެން މާފުށީޖަލު ކުއްލި ހާލަތަށް ގެނެސްފައިވަނީ މި މަހުގެ 14 ވަނަ ދުވަހު އެވެ. މޯލްޑިވްސް ކަރެކްޝަންސް ސަރވިސްއިން ބުނެފައިވަނީ މާފުށީ ޖަލުން މިހާތަނަށް 63 ގައިދީއަކާއި ފަސް އޮފިސަރަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

މީގެ އިތުރުން، ގައިދީންނާ ކޮންޓެކްޓްވީ 419 ގައިދީއަކު ކަރަންޓީނުގައި ތިބި ކަމަށް ވެސް ކަރެކްޝަންސް އިން މަޢުލޫމާތުދެއެވެ.



މާފުށީ ޖަލު ބަލަހައްޓާ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން މި މަހުގެ 14 ވަނަ ދުވަހު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ މާފުށި ޖަލުގައި ކޮވިޑް-19ގެ އަލާމާތް ހުރި އޮފިސަރުންނާއި ގައިދީންގެ ސާމްޕަލްތަކެއް ނެގުުމުން 7 އޮފިސަރުންނާއި 4 ގައިދީން ބައްޔަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

ޕޮޒިޓިވް ކޭސްތަކެއް ފެނުމާ ގުޅިގެން އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް އަދި ކަރެކްޝަންސްގެ އުސޫލުތަކުގެ ދަށުން ފިޔަވަޅުތައް އަޅައި، އެދުވަހު ހަވީރު 4:00 އިން ފެށިގެން މާފުށި ޖަލު ވަނީ ކުއްލި ހާލަތަށް ގެނެސްފައެވެ.

އޭގެ އިތުރުން މާފުށި ޖަލު އާންމު ހާލަތަށް ގެނެވެންދެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ގައިދީންނާއި ބަންދު މީހުންނަށް އާއިލީ ބައްދަލުވުމާއި ވަކީލް ބައްދަލުވުން އަދި ކޯޓުގެ އަޑުއެހުންތައް އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށްވެސް ބަޔާނުގައި ބުނެފައިވެ އެވެ.

މީގެ ކުރިންވެސް ޖަލުތަކުގައި ކޮވިޑް-19 ފެތުރިގެން ވަނީ ކުއްލި ހާލަތަށް ގެނެސްފައެވެ. އޭގެތެރޭގައި މާފުށީ ޖަލާއި މާލެ ޖަލާއި ހުޅުމާލެ ޖަލު ހިމެނެއެވެ. ކޮވިޑް ކޭސްތަކެއް ފެނިގެން މާފުށީ ޖަލު ކުއްލި ހާލަތަށް ގެނައުމަށް ނިންމާފައިވާއިރު، ހައިރިސްކު ކެޓަގަރީގައި ހިމެނޭ ބައެއް ކުށްވެރިން ވަނީ ގެއަށް ބަދަލުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން