ޤައުމީ އެއަރލައިން، މޯލްޑިވިއަންއަށް އިތުރު 3 މަތިންދާބޯޓު ގެނައުމަށް ނިންމައި، އެކަމާއި ގުޅޭ އެއްބަސްވުންތަކުގައި ސޮއިކޮށްފައިވާ ކަމަށް ބުނެފިއެވެ.
ވަރަށް ބޮޑަށް ދަރަނިވެރިވެފައިވާ ކަމަށްބުނާ ގައުމީ އެއާލައިނުން މި ބޯޓުތައް ގަތީ ކިހާވަރަކަށް އަދި ކިހިނެއްކަމެއް އަދި ނުބުނެއެވެ.
މޯލްޑިވިއަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެކުންފުނިން ގެނައުމަށް ހަމަޖެހިފައިވަނީ އޭޓީއާރް 72-600 މަރުކާގެ ދެ ބޯޓާއި އޭޓީއާރް 42-600 މަރުކާގެ ބޯޓެކެވެ. މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނުން ބުނީ ބޯޓުތައް ގަތުމުގެ އެއްބަސްވުމުގައި މިހާރު ސޮއިކޮށް، ބޯޓުތައް ގަތުމުގެ ހުރިހާ ކަމެއް މިހާރު ނިމިފައިވާކަމަށެވެ.
އައިލެންޑް އޭވިއޭޝަނުން ބުނީ މިއީ އެންމެ ޒަމާނީ ވަސީލަތްތައް ހިމެނޭ ބޯޓުތަކެއް ކަމަށެވެ. އަދި މި ބޯޓުތަކަކީ މާކެޓުގައި މިހާރު ހުރި އެ ކެޓަގަރީތަކުގެ ބޯޓުތަކަށް ބަލާއިރު 40 އިންސައްތަ ތެލުގެ ޚަރަދު ކުޑަ ބޯޓުތަކެއް ކަމުގައިކަމަށް އެކުންފުނިން ބުނެއެވެ. މީގެއިތުރުން ބޯޓުތަކުގެ މަރާމާތުގެ ހަރަދުވެސް 20 އިންސައްތަ ކުޑަވެގެންދާނެކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެއެވެ.
އައިލެންޑް އެވިއޭޝަން ކުންފުނީގެ މޭޖިންގ ޑިރެކްޓަރ މުހައްމަދު މިހާދު ވިދާޅުވީ، މިއީ މިވަގުތު މާކެޓުގައި ލިބެން ހުރި އެންމެ ރަނގަޅު ބޯޓުތަކުގެ އިތުރުން، ދަތުރު ކުރާ ފަރާތްތަކަށް ފަސޭހައިން ޚިދުމަތް ދެވޭ ގޮތަށް ކެބިން ފުރިހަމަ ކުރެވިފައިވާ ތިމާވެއްޓާ ރައްޓެހި އަދި ހިންގުމުގެ ޚަރަދު ކުޑަ ބޯޓުތަކެއް ކަމަށެވެ.
އޭޓީއާރް މަރުކާގެ ބޯޓުތަކަކީ ރާއްޖޭގެ އަމިއްލަ އެއާލައިންތަކުގައި ވެސް ބޭނުން ކުރަމުންދާ ޒަމާނީ ބޯޓުތަކެކެވެ.

Maldivian orders its first ATR aircraft!
— ATR (@ATRaircraft) January 18, 2022
we are happy with this new partnership and @MaldivianAero 's confidence in all our fleet. ATR aircraft provide the newest technologies in order to meet our customers' needs. #72-600 #42-600 #AtrFamily https://t.co/jQJcPKdOXB
އައިލެންޑް އެވިއޭޝަން ކުންފުނީގެ މޭޖިންގ ޑިރެކްޓަރ މުހައްމަދު މިހާދު ވިދާޅުވީ، މިއީ މިވަގުތު މާކެޓުގައި ލިބެން ހުރި އެންމެ ރަނގަޅު ބޯޓުތަކުގެ އިތުރުން، ދަތުރު ކުރާ ފަރާތްތަކަށް ފަސޭހައިން ޚިދުމަތް ދެވޭ ގޮތަށް ކެބިން ފުރިހަމަ ކުރެވިފައިވާ ތިމާވެއްޓާ ރައްޓެހި އަދި ހިންގުމުގެ ޚަރަދު ކުޑަ ބޯޓުތަކެއް ކަމަށެވެ.
އޭޓީއާރް މަރުކާގެ ބޯޓުތަކަކީ ރާއްޖޭގެ އަމިއްލަ އެއާލައިންތަކުގައި ވެސް ބޭނުން ކުރަމުންދާ ޒަމާނީ ބޯޓުތަކެކެވެ.
ކިޔުންތެރިންގެ ހިޔާލު