ރާއްޖޭގެ ސްޓްރީމިން ޕްލެޓްފޯމުތަކުން އަހަރީ ލައިސަންސް ފީ ނަގަން ނިންމައި ބްރޯޑްކާސްޓްކުރުމުގެ ހިދުމަތް ރަޖިސްޓްރީކުރުގެ ފީ މއާއި ބްރޯޑްކާސްޓް ކުރުމަށް ދޫކުރާ ލައިސެންސް ފީގެ އަގުތައް ކުޑަކޮށްފިއެެވެ.
ކުރިން ބްރޯޑްކާސްޓިން ހިދުމަތެއް ކޮމިޝަންގައި ރަޖިސްޓްރީކުރަން 2،000ރ. ދައްކަން ޖެހުނަސް، އާ ގަވާއިދުގައި ބުނާގޮތުން އެކަމަށް މިހާރު ދައްކަން ޖެހޭނީ 500ރ. އެވެ. އާ ގަވާއިދުގެ ދަށުން ރޭޑިއޯތަކުން 10،000ރ. ފީ އެއް ދައްކަންޖެހޭއިރު ޓީވީތަކުން 20،000ރ. ފީއެއް ދައްކަންޖެހެއެވެ. އަދި ސްޓްރީމިން އޯޑިއޯ ޕްލެޓްފޯމުތަކުން 2،000ރ. ގެ ފީއެއް ނަގާއިރު ސްޓްރީމިން ވިޒުއަލް ޕްލެޓްފޯމުތަކުން 2،000ރ. ގެ ފީއެއް ދައްކަންޖެހޭނެ ކަމަށް އާ ގަވާއިދުގައި ބުނެފައިވެއެވެ.
ޚިދުމަތަށް ދައްކަން ޖެހޭ އަހަރީ ފީ ކޮންމެ އަހަރެއްގެ މާޗުގެ ކުރިން ދައްކަންޖެހޭނެ ކަމަށްވެސް ގަވާއިދުގައިވެއެވެެ.
އެގަވާއިދުގެ ދަށުން ހަދަން ޖެހޭ ބްރޯޑްކާސްޓް ކުރުމުގެ ލައިސަންސާ ގުޅޭ އުސޫލާއި ނޫސްވެރިން އެކްރެޑިޓްކުރުމާބެހޭ އުސޫލު ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި އެކުލަވާލަން ޖެހޭނެ ކަމަށް ގަވާއިދުގައި ބުނެފައި ވެއެެވެ.
އާ ގަވާއިދުގެ ދަށުން ހިދުމަތުގެ އަސްލަށް ބަލައި، ބްރޯޑްކާސްޓް ކުރުމުގެ ލައިސަންސް ހަތަރު ބަޔަކަށް ވަނީ ބަހާލާފައެވެ. އެއީ ރޭޑިއޯގެ ހިދުމަތް ދިނުމަށް ދޫކުރާ ލައިސަންސާއި ޓީވީގެ ހިދުމަތް ދިނުމަށް ދޫކުރާ ލައިސަންސާއި ސްޓްރީމް ޕްލެޓްފޯމުތަކުގެ ތެރޭގައި ހިމެނޭ އޯޓީޓީ އޯޑިއޯގެ ހިދުމަތް ދިނުމަށް ދޫކުރާ ލައިސަންސާއި އަދި އޯޓީޓީ ވިޒުއަލްގެ ހިދުމަތް ދިނުމަށް ދޫކުރާ ލައިސަންސެވެ.
ސްޓްރީމިން ޕްލެޓްފޯމުތަކުން ފީ ނަގަން ނިންމިއިރު ރާއްޖޭގައި ސްޓްރީމިން ޚިދުމަތްދޭ ޕްލެޓްފޯމް ތަކުގެ ތެރޭގައި ބައިސްކޯފާއި ލަވަފޮއްޓާއި ޕީއެސްއެމް ކަނެކްޓާއި ދިރާގު ޕްލޭ އަދި މީޑިއާނެޓް މަލްޓި ސްކްރީން ފާހަގަކޮށްލެއެވެ. މި ޚިދުމަތްތަކަކީ ރައްޔިތުން އަތުން ބޮޑެތި އަގުތައް ނަގައިގެން ދެމުން ގެންދާ ޚިދުމަތް ތަކެވެ.

ކިޔުންތެރިންގެ ހިޔާލު