ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުން ފުރަން އޮތް ފްލައިޓެއްގައި ރޯވުމާއި ގުޅިގެން އެ ފުލައިޓުން މީހުން ބާލައިފިއެެވެ.
ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަންގެ އެ ފުލައިޓްގައި ރޯވެފައިވަނީ ބޯޓުގެ ކޮކްޕިޓް ތެރޭގައެވެ. ފްލައިޓް ފުރަން ތައްޔާރުވެފައިވަނިކޮށް ބޯޓުގެ ކޮކްޕިޓް ރޯވިތަން ފެނިފައިވަނީ ޕައިލެޓުންނަށެވެ. އެހާދިސާ ހިނގުމާއެކު ފުލައިޓުން މީހުން ބާލައި ފްލައިޓުގައި ތިބި ފަސެންޖަރުން ވަނީ ރައްކާތެރިކަމާއެކު ޓާރމިނަލް ސަރަހައްދަށް ގެންގޮސްފައެވެ.
މި ހާދިސާގައި އެއްވެސް ފަސެންޖަރަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށް މައުލޫމާތު ލިބެއެވެ.
މިހާދިސާގައި ބޯޓުގެ ވިންޑް ސްކްރީންގައި ރެނދުލައި ބައެއް ގެއްލުންތައް ވަނީ ލިބިފައެެވެ. އެ ބޯޓުގައި ރޯވި ހަނިމާދޫން ފުރަން ނައްޓާލި ވަގުތު ކަމަށް ބޯޓުން ދަތުރުކުރި ބައެއް ފަސެންޖަރުން ބުނެފައިވެއެވެ.
މި ހާދިސާ ހިނގިއިރު ބޯޓުގައި ދިވެހިންނާއި ފަތުރުވެރިންވެސް ތިއްބެވެެ. އެ ބޯޓަކީ ހަނިމާދޫން މާލެއަށް ފުރަން ތައްޔާރުވަމުންދިޔަ ފްލައިޓެކެެވެ.
މިކަމާ ގުޅިގެން މޯލްޑިވިއަނުން ބުނީ އަލިފާނުގެ ހާދިސާއެއް ހިނގަައި ކޯ ޕައިލެޓްގެ ކައިރިން ވިންޑް ސްކްރީން ތަޅައިގެން ގޮސްފައިވާ ކަމަށާއި އެކަން ދިމާވީ ކީއްވެތޯ ތަހުގީގު ކުރާނެ ކަމަށެވެ. ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ސާފެއް ނުވެއެވެ.
މިހާދިސާއާ ގުޅިގެން އެމްއެންޑީއެފުން ބުނީ މޯލްޑިވިއަންގެ ފްލައިޓެއް ހަނިމާދޫ އެއަރޕޯޓުން ނައްޓާލަން އުޅުމުގެ ތެރޭގައި ކޮކްޕިޓްގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާ ކަމަށާއި މިވަގުތު އަލިފާން ނިއްވާލާފައިވާ ކަމަށެވެ. އަދި ބޯޓުގައި ތިބި ދަތުރުވެރިން ވެސް ސަލާމަތުން ބާލާފައިވާ ކަމަށާއި ފްލައިޓް ޓޯ ކުރުމުގެ މަސައްކަތް ކުރަމުން ދާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު