ފައިސާ ނެގުމަށްފަހު ހިޔާގެ ފްލެޓުތަކުގެ މަސައްކަތް ނުނިންމާ މައްސަލައަށް ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓާ، ޕީއައިއެލްސީން ގާނޫނީ އެހީތެރިކަން ދިނުމަށް ނިންމައިފައިވާ ކަމަށް އެ ޖަމިއްޔާއިން ބުނެފިއެވެ.

ޕީއައިއެލްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ހިޔާ ފްލެޓުތައް ނިންމުމަށް ރައްޔިތުން އަތުން ފައިސާނަގައި ދިގު މުއްދަތެއް ފާއިތުވާއިރު ވެސް މަސައްކަތް ނުނިންމާ މައްސަލަ އެ ޖަމްއިއްޔާގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އެކަމުގެ ކަންބޮޑުވުން ގިނަ ބަޔަކު އެ ޖަމިއްޔާއާއި ހިއްސާ ކުރަމުންދާ ކަމަށެެެވެ.

އެކަމުގައި ގާނޫނީ އެހީތެރިކަންދޭން ނިންމީ އެ މައްސަލައާ ގުޅިގެން ގިނަ ބަޔަކު ގާނޫނީ އެހީތެރިކަން ބޭނުންވެފައިވާތީ ކަމަށް އެ ޖަމްއިއްޔާއިން ނެރުނު ބަޔާނުގައިވެއެވެ.



ހިޔާ ފްލެޓުގައި ދިރިއުޅޭ ގިނަ ބަޔަކު އަންނަނީ ފައިސާ ނަގައި މަސައްކަތް ކުރަން ހަވާލުވި ކުންފުނިތަކުން މަސައްކަތް ނުނިންމާ މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށްފައެވެ. އެމައްސަލަ ހުށައެޅުމަށް މާލީ ތަނަވަސްކަން ނެތްނަމަވެސް ގާނޫނީ އެހީތެރިކަން ބޭނުންނަމަ އެފަރާތުން ތައްޔާރުކޮށްފައިވާ ހާއްސަ ފޯމު ފުރުމަށް އެޖަމިއްޔާއިން ވަނީ އެދިފައެވެ.



ކިޔުންތެރިންގެ ހިޔާލު