ކަނޑުމަތީގެ ޙަރަކާތްތައް ހިންގުމުގައި ސަމާލުވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކޮށްފިއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނީ އިރުވައި މޫސުމުގެ މިދުވަސްވަރަކީ ރާއްޖޭގެ ސަރަޙައްދުގައި އޮއިވަރު ގަދަވާ ދުވަސްވަރެއްކަމަށާއި ޚާއްސަކޮށް މެދުރާއްޖެތެރެއާއި ދެކުނުގެ ކަނޑުތަކުގެ އޮއިވަރު މިދުވަސްކޮޅު ގަދަކަމަށެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ އޮއިވަރުގަދަ ދުވަސްކޮޅަކަށްވުމުން މަސްވެރިކަމާއި، ފީނުމާއި ޑައިވިން އަދި މޫދާ ކަނޑުމަތީގެ އެހެނިހެން އެކިއެކި ކުޅިވަރުތަކާއި ޙަރަކާތްތައް ހިންގުމުގައި ޚާއްސަ ސަމާލްކަމެއް ދިނުމަށް އިލްތިމާސްކޮށްފައެވެ.
ރާއްޖޭގައި މިދުވަސްވަރު މޫސުން ރަނގަޅުނަމަވެސް، އޮއިވަރު ގަދަވުމުން ބައެއް ހާދިސާތައް ދަނީ ހިނގަމުންނެވެ. މިގޮތުން ދާދިފަހުންވެސް މޫދަށް ފޭބި ފަތުރުވެރިއެއް ގެއްލިގެން ހޯދަމުން ދަނިކޮށް ފެނުނީ މަރުވެފައި އޮއްވައެވެ.

Strong ocean currents over the Maldives. pic.twitter.com/xyygdzQvSd
— Maldives Meteorology (@MetMaldives) January 18, 2022
މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ އޮއިވަރުގަދަ ދުވަސްކޮޅަކަށްވުމުން މަސްވެރިކަމާއި، ފީނުމާއި ޑައިވިން އަދި މޫދާ ކަނޑުމަތީގެ އެހެނިހެން އެކިއެކި ކުޅިވަރުތަކާއި ޙަރަކާތްތައް ހިންގުމުގައި ޚާއްސަ ސަމާލްކަމެއް ދިނުމަށް އިލްތިމާސްކޮށްފައެވެ.
ރާއްޖޭގައި މިދުވަސްވަރު މޫސުން ރަނގަޅުނަމަވެސް، އޮއިވަރު ގަދަވުމުން ބައެއް ހާދިސާތައް ދަނީ ހިނގަމުންނެވެ. މިގޮތުން ދާދިފަހުންވެސް މޫދަށް ފޭބި ފަތުރުވެރިއެއް ގެއްލިގެން ހޯދަމުން ދަނިކޮށް ފެނުނީ މަރުވެފައި އޮއްވައެވެ.
ކިޔުންތެރިންގެ ހިޔާލު