ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހި ގުޅޭ ހިސާބުގައި ކެފޭ، ރެސްޓޯރަންޓް ހިންގަން ބިން ދޫކުރަން އެޗްޑީސީން ހުޅުވާލައިފިއެވެ.
އެޗްޑީސީން ބުނީ ދެ ފިޔަވަހި ގުޅޭ ޗެނަލް ސަރަހައްދުގައި ކެފޭ ނުވަތަ ރެސްޓޯރަންޓު ހަދަން ދިގުމުއްދަތަށް 7 ބިމެއް ކުއްޔަށް ދޫކުރަން ހުޅުވާލާފައިވާކަމަށެވެ.
އެޗްޑީސީން ބުނީ ޗެނަލް ޕާކުގައި ކެފޭ/ ރެސްޓޯރަންޓުތައް ހަދަން ބިންތައް ދޫކުރަނީ 20 އަހަރު ދުވަހުގެ މުއްދަތަށްކަމަށާއި އެތަނުގެ ޢިމާރާތުގެ ހުރިހާ ކަމެއް ކުރަންޖެހޭނީވެސް ކުށްޔަށް ހިފާ ފަރާތުންކަމަށެވެ. އަދި އެ ތަންތަން ހަދަން ބޭނުންވާ ފަރާތްތަކުން އަންނަ މަހުގެ 10ގެ ކުރިން ޕްރޮޕޯސަލް ހުށައަޅަން ޖެހޭނެކަމަށާއި ޕްރޮޕޯސަލް ހުށަހެޅޭނީ އެޗްޑީސީގައި ރަޖިސްޓަރީ ވެފައިވާ ކުންފުނިތަކަށް އެކަނިކަމަށްވެސް އެޗްޑީސީން ބުނެފައިވެއެވެ.
މި ބިންތަކަކީ 3237 އަކަފޫޓާއި 1700 އަކަފޫޓާ ދޭތެރޭގެ ބޮޑުމިނުގައި ދޫކުރާ ބިންތަކެކެވެ. އެޗްޑީސީން ބުނީ އެ ޗެނަލްގެ ދެ އަރިމަތިން ބިން ދޫކުރާނެކަމަށާއި، ނަމަވެސް މިފަހަރު ބިން ދޫކުރާނީ ދެވަނަ ފިޔަވަހިން ކަމަށެވެެ. އަދި މިކަމާއި ގުޅޭ ޕްރީ ބިޑް ބައްދަލުވުން އަންނަ ހޯމަ ދުވަހުގެ މެންދުރު 12:30 ގައި އޮންނާނެކަމަށް އެޗްޑީސީން ވިދާޅުވެއެވެ.
ޗެނަލް ޕާކް ތަރައްޤީކޮށް ނިމޭއިރު ޖުމްލަ 14 ކެފޭ ނުވަތަ ރެސްޓޯރަންޓް ހުންނާނެއެވެ.

Invitation for Proposal for Development and Operation of Channel Park Cafe’ / Restaurant in Hulhumalé
— HDC (@hdcmaldives) January 18, 2022
For more information: https://t.co/CWdcTccKb4
To apply: https://t.co/QTGfz1mPf9 pic.twitter.com/7n1cYl8k5l
މި ބިންތަކަކީ 3237 އަކަފޫޓާއި 1700 އަކަފޫޓާ ދޭތެރޭގެ ބޮޑުމިނުގައި ދޫކުރާ ބިންތަކެކެވެ. އެޗްޑީސީން ބުނީ އެ ޗެނަލްގެ ދެ އަރިމަތިން ބިން ދޫކުރާނެކަމަށާއި، ނަމަވެސް މިފަހަރު ބިން ދޫކުރާނީ ދެވަނަ ފިޔަވަހިން ކަމަށެވެެ. އަދި މިކަމާއި ގުޅޭ ޕްރީ ބިޑް ބައްދަލުވުން އަންނަ ހޯމަ ދުވަހުގެ މެންދުރު 12:30 ގައި އޮންނާނެކަމަށް އެޗްޑީސީން ވިދާޅުވެއެވެ.
ޗެނަލް ޕާކް ތަރައްޤީކޮށް ނިމޭއިރު ޖުމްލަ 14 ކެފޭ ނުވަތަ ރެސްޓޯރަންޓް ހުންނާނެއެވެ.
ކިޔުންތެރިންގެ ހިޔާލު