ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިތުރު މިސްކިތެއް ބިނާކުރުމަށް އެޗްޑީސީން އިސްލާމިކް މިނިސްޓްރީއާ ހަވާލުކޮށްފިއެވެ.
އެޗްޑީސީން މިކަމާއި ގުޅޭ އެއްބަސްވުމެއްގައި މިއަދު ވަނީ ސޮއިކޮށްފައެވެ.
މި އެއްބަސްވުމުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑރ. އަޙުމަދު ޒާހިރު ޢަލީއެވެ. އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކޯރޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ސުޙައިލް އަޙްމަދެވެ.
އެޗްޑީސީގެ ފަރާތުން ފަރުމާކޮށްފައިވާ މި މިސްކިތް ޢިމާރަތްކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ އިސްލާމިކް މިނިސްޓްރީގެ ފަރާތުންކަމަށް އެޗްޑީސީން ބުނެއެވެ.
ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓުތައް ކައިރީގައި 30655 އަކަފޫޓުގެ ބިމެއްގައި، ބިނާކުރާ މި މިސްކިތަކީ 1400 މީހުންގެ ޖާގައިގެ މިސްކިތެކެވެ. މި މިސްކިތުގެ ހަރިއްމަ އާއެކު 3000 މީހުންންގެ ޖާގަ ލިބޭނެ ކަމަށް އެޗްޑީސީން ބުނެއެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގައި މިސްކިތެއް އިމާރާތްކުރުމުގެ މަސައްކަތް ބަޔަކާއި ހަވާލުކޮށްފައިވާއިރު، މިހާރުވެސް 2 މިސްކިތް ހުރެއެވެ. އެއީ ސަރުކާރުން ބިނާކުރި ވަގުތީ މިސްކިތަކާއި ހެޔޮއެދޭ އަމިއްލަ ފަރާތަކުން ބިނާކޮށްފައިވާ މިސްކިތެކެވެ.

An agreement was signed between HDC & @MVIaffairs for the development of a Mosque in Hulhumalé Phase 2. The agreement was signed by our Managing Director, Mr. Suhail Ahmed and the Minster of Islamic Affairs @AhmedZahirAli . pic.twitter.com/TBLnkdtRPr
— HDC (@hdcmaldives) January 19, 2022
އެޗްޑީސީގެ ފަރާތުން ފަރުމާކޮށްފައިވާ މި މިސްކިތް ޢިމާރަތްކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ އިސްލާމިކް މިނިސްޓްރީގެ ފަރާތުންކަމަށް އެޗްޑީސީން ބުނެއެވެ.
ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓުތައް ކައިރީގައި 30655 އަކަފޫޓުގެ ބިމެއްގައި، ބިނާކުރާ މި މިސްކިތަކީ 1400 މީހުންގެ ޖާގައިގެ މިސްކިތެކެވެ. މި މިސްކިތުގެ ހަރިއްމަ އާއެކު 3000 މީހުންންގެ ޖާގަ ލިބޭނެ ކަމަށް އެޗްޑީސީން ބުނެއެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގައި މިސްކިތެއް އިމާރާތްކުރުމުގެ މަސައްކަތް ބަޔަކާއި ހަވާލުކޮށްފައިވާއިރު، މިހާރުވެސް 2 މިސްކިތް ހުރެއެވެ. އެއީ ސަރުކާރުން ބިނާކުރި ވަގުތީ މިސްކިތަކާއި ހެޔޮއެދޭ އަމިއްލަ ފަރާތަކުން ބިނާކޮށްފައިވާ މިސްކިތެކެވެ.
ކިޔުންތެރިންގެ ހިޔާލު