ތިލަފުށްޓާއި މާލެއާއި ދޭތެރޭގައި އަޅަން ވައުދުވެފައިވާ ތިލަމާލެ ބުރިޖުގެ ޑީޓެއިލް ޑިޒައިން ތައްޔާރުކުރުމަށް ބޭނުންވާ ޖިއޯޓެކްނިކަލް ސާވޭތައް ކުރިޔަށް އޮތް ދެ ދުވަހެއްގެ ތެރޭގައި ފަށާނެ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފިއެވެ.
ޕްލޭނިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މާލެ ތިލަފުށި ގުޅާލުމުގެ މަސައްކަތް ހަވާލުކޮށްފައިވާ ކުންފުނިން ތައްޔާރުކުރާ ޑީޓެއިލް ޑިޒައިނަށް ބޭނުންވާ ސާވޭތައް ހެދުމަށް ބޭނުންވާ އާލާތްތައް މިއަދު ރާއްޖެ ގެނެވިފައިވާކަމަށެވެ. މިގޮތުން ކުރިޔަށް އޮތް ދެ ދުވަހެއްގެ ތެރޭގައި މާލެއާއި ވިލިނގިލީގައި މި ޖިއޯޓެކްނިކަލް ސާވޭތަކުގެ އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާކަމަށް ވެސް މިނިސްޓްރީގެ ބަޔާނުގައިވެއެވެ.
ތިލަމާލެ ބުރިޖުގެ މަޝްރޫއަކީ މި ސަރުކާރުގެ ތަރައްގީގެ އެންމެ ބޮޑު އެއް މަޝްރޫ ކަން ފާހަގަކޮށްލެވެއެވެ.
ތިލަ މާލެ ބްރިޖަށް، އިންޑިއާއިން ގާތްގަނޑަކަށް 6.1 ބިލިއަން ރުފިޔާގެ ލޯނު ދިނުމުގެ އެއްބަސްވުމުގައިވެސް ވަނީ ސޮއި ކޮށްފައެވެ. އެ ފައިސާގެ ތެރެއިން 100 މިލިއަން ޑޮލަރަކީ ހިލޭ އެހީއެވެ. ބާކީ އޮތް 400 މިލިއަން ޑޮލަރަކީ ލޯނު އެހީއެވެ.
ގްރޭޓާ މާލެ ކަނެކްޓިވިޓީ ބްރިޖު މަޝްރޫއުގެ ދަށުން 6.7 ކިލޯމީޓަރުގެ ދިގު ބްރިޖަކާއި ކޯސްވޭ ލިންކެއް އެޅުމަށް ވަނީ ނިންމާފައެެވެ. އެގޮތުން ދެރަށް ދޭތެރޭ ކަނޑުގައި އަޅާ މައި ބްރިޖްތަކުގައި 140 ކިލޯމީޓަރު ހުންނާނެއެވެ. ހަމައެއާއެކު ފަޅުތަކުގައި 1.45 ކިލޯމީޓަރުގެ މެރިން ވަޔަޑަކްޓާއި މޫދާއި ގޮނޑުދޮށުގައި 2.32 ކިލޯމީޓަރުގެ މެރިން ވަޔަޑަކްޓުގެ އިތުރުން ބިމާ އެއް ހަމައެއްގައި 2.96 ކިލޯމީޓަރުގެ މަގު ތަރައްގީކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެެ.
ބްރިޖުގެ އަމަލީ މަސައްކަތެއް އަދި ނުފެށުނު ނަމަވެސް 2023 ވަނަ އަހަރާއި ހަމައަށްދާއިރު ބްރިޖު ފެނުން މައްޗަށް އަރާނެކަމަށް ސަރުކާރުން ވަނީ ލަފާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު