ދުނިޔެއަށް ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތައް ހައްލުކުރެވޭނީ ވަކިވެގަތުމުގެ ބަދަލުގައި ގައުމުތައް ގުޅިގެން މަސައްކަތްކޮށްގެންކަމަށް އދގެ އާއްމު މަޖިލީހުގެ ރައީސް އަދި ދިވެހިރާއްޖޭގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ޗުއްޓީއަށްފަހު އދގެ 76 ވަނަ އާއްމު މަޖިލީހުގެ ޖަލްސާތައް އަލުން ފެށުމުގެ ގޮތުން ބޭއްވެވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.
އދގެ އާއްމު މަޖިލީހުގެ މެންބަރުންނާއި މުހާތަބް ކުރައްވާ ދެއްކެވި ވާހަކަފުޅުގައި އެމަޖިލީހުގެ މިދައުރުގެ ރައީސް އަބްދުﷲ ޝާހިދު ވަނީ ކުރިއަށް މިއޮތް ދުވަސްތަކުގައި އދގެ އާއްމު މަޖިލީހުގެ މަސައްކަތްތަކުގެ ތެރެއިން އިސްކަންދެއްވާން ބޭނުންފުޅުވާ ކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވާފައެވެ.
ޝާހިދު ވިދާޅުވީ އާއްމު މަޖިލީހުގެ ޖަލްސާތައް އަލުން ފަށާއިރު ކޯވިޑްގެ އައު ވޭރިއަންޓަކާއެކު ކޯވިޑް ފެތުރޭ މިންވަރު ވަނީ އަނެއްކާވެސް އިތުރުވެފައިކަމަށެވެ.
ޝާހިދު ވިދާޅުވީ ކޯވިޑްގެ ކަންކަން ނިމުމަކާއި ގާތަށް ދިޔަތަނާ، އޮމިކްރޯނާއެކު އަނެއްކާވެސް މިވަނީ ކުރަންޖެހޭ މަސައްކަތްތައް އިތުރުވެފައިކަމަަށެވެ. އަދި ކޭސްތަކުގެ އަދަދު އިންތިހާއަށް އިތުރުވެ ސިއްހީ ދާއިރާއަށް ބުރަބޮޑުވެ، މީހުންގެ ފުރާނައަށް ނުރައްކާވާ ހިސާބަށް ގޮސްފައިވާ ކަމަށް ޝާހިދު ވިދާޅުވި އެވެ.
"މިކަން މިހެން ދާތަން ބަލަން ތިބެވޭކަށް ނެތް. އިތުރަށް ލަސްކޮށްގެން އައު ވޭރިއަންޓްތައް އައުމުގެ ނުރައްކަލާ ކުރިމަތިލެވޭކަށް ނެތް. ހުރިހާ އެންމެނަށް ވެކްސިން ފޯރުކޮށްދޭން ކުރަންޖެހޭ މަސައްކަތްތައް އަވަސްކުރަން ޖެހޭ." ޝާހިދު ވިދާޅުވި އެވެ.
ޝާހިދުގެ ވާހަކަފުޅުގައި، ކޯވިޑްގެ އާލަމީ ވަބާއިން އަރައިގަނެވެން އޮތީ އެންމެންނަށް ވެކްސިން ފޯރުކޮށްދީގެންކަމަށް އެމަނިކުފާނު ވިދާޅުވާ ވިދާޅުވުން ތަކުރާރުކުރެއްވިއެވެ. އަދި އެކަމުގައި ލަސްވާވަރަކަށް، ކޯވިޑްގެ މި އާލަމީ ވަބާއަށް ނިމުމެއް ނާންނާނެކަން ޝާހިދު ފާހަގަކުރެއްވިއެވެ. އަދި މިކަމުގައި ހައްލުތަކެއް ނުހޯދިއްޖެނަމަ ކުރިއަށް އޮތްތަނުގައި ވެކްސިނަށް ނުކަތާވަރުގެ ވޭރިއަންޓް އުފަންވެ، ކޯވިޑްގައި ލިބުނު ހުރިހާ ކުރިއެރުމެއް ގެއްލިގެން ދިއުމުގެ ބިރު އެބައޮތްކަމަށް ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ ކޯވިޑް ވެކްސިންގެ މުހިއްމުކަން ހާމަކޮށްދިނުމުގެ ގޮތުން، މިއަހަރު އދގެ އާއްމު މަޖިލީހުން ބާއްވާ އެންމެ މަތީ ފެންވަރުގެ ފުރަތަމަ ބައްދަލުވުންވެސް ހާއްސަކުރާނީ ވެކްސިނާއި ގުޅޭ މަސައްކަތްތަކަށްކަމަށެވެ.
ޝާހިދުގެ ވާހަކަފުޅުގައި އެންމެންނަށް ހަމަހަމަކަމާއެކު ވެކްސިން ފޯރުކޮށްދިނުމަށް ބައިނަލްއަގްވާމީ މުޖްތަމައުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރެއްވުމަށް ގޮވާލެއްވިއެވެ. އަދި މިކަމަށް އެއްބާރުލުންދެއްވާނެކަން ހާމަކޮށްފައިވާ ފަރާތްތަކަށް ޝާހިދު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު