އަނިޔާވެރިގޮތަކަށް މަރާލާފައިވާ ބްލޮގަރ، ޔާމިން ރަޝީދުގެ މަރުގެ މައްސަލާގައި ކުށް ސާބިތު ނުވާކަމަށް ކަނޑައެޅި މީހުންގެ މައްސަލަ އިސްތިއުނާފް ކުރުމާމެދު ވަރަށް އަވަހަށް ގޮތެއް ނިންމާނެކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.
ޔާމިން ރަޝީދުގެ މަރުގެ މައްސަލާގައި 6 މީހަކަށް ދައުވާކުރިނަމަވެސް ކުށް ސާބިތުވާ ކަމަށް ކަނޑައަޅާފައިވާމަނީ މ. އަންނާރުމާގޭ އިސްމާއީލް ހައިޝަމް ރަޝީދާއި މ. އިރާސްމިކުގެ އަހުމަދު ޒިހާން އިސްމާއީލްގެ މައްޗަށެވެ. އަދި ހުރިހާ ވާރިސުން ގިސާސް ހިފަން ބޭނުންނުވާތީ ހައިޝަމާއި ޒިހާން އުމުރަށް ޖަލަށް ލައި، 1.3 މިލިއަން ރުފިޔާ ދައްކަން ކޯޓުން ވަނީހުކުމް ކޮށްފައެވެ.
ޕީޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މިމައްސަލަ އިސްތިއުނާފްކުރުމުގެ ވިސްނުން ގެންގުޅޭކަމަށެވެ. ނަމަވެސް މިކަމުގައި ގޮތެއް ނިންމާނީ ކްރިމިނަލް ކޯޓުން ލިޔެކިއުންތައް ދިނުމުން، އެ ލިޔެކިއުންތައް ދިރާސާ ކުރުމަށް ފަހުކަމަށް ޕީޖީ އޮފީހުން ބުނެއެވެ.
ޕީޖީ އޮފީހުގެ ބަޔާނުގައި ބުނީ ކުށް ސާބިތުނުވާކަމަށް ކަނޑައެޅިި ހަތަރު މީހުންގެ މައްޗަށް ހުރި ހެކި ގަރީނާއިން ޔާމީން މަރާލުމުގައި އެމީހުން އުޅުނުކަން ސާބިތުވާނެ ކަމުގައި އެ އޮފީހުން ދެކޭކަމަށެވެ.
ސ. ފޭދޫ ޗަނބޭލީގޭ އުމުރުން 29 އަހަރުގެ ޔާމީން ރަޝީދު މަރާލާފައިވަނީ 23 އޭޕްރީލް 2017 ވަނަ ދުވަހުގެރޭ 2:46 ގައި އޭނާ ދިރިއުޅެމުންދިޔަ މ. ސްޕެޓިއުލާގޭގެ ސިޑިގޮޅި ތެރޭގައި ތޫނު އެއްޗެހިން ހަމަލާ ދީގެންނެވެ.

ކިޔުންތެރިންގެ ހިޔާލު