އަހުމަދު މަސްނޫމް   20 ޖެނުއަރީ 2022 - 16:5
ކޯވިޑް ޖެހިގެން ރާއްޖެއިން 63 އަހަރުގެ މީހަކު މިއަދުނިޔާވެއްޖެއެވެ.

އެޗްޕީއޭއިން ބުނީ ކޯވިޑް ޖެހިގެން ނިޔާވީ ހުޅުމާލެ ކޯވިޑް މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ 63 އަހަރުގެ އަންހެނެއްކަމަށެވެ. އަދި އޭނާ ނިޔާވީ މިއަދު ހެނދުނު 6:16 ހާއިރުކަމަށް އެޗްޕީއޭއިން ބުނެއެވެ.

މިއާއެކު ރާއްޖެއިން ކޯވިޑް ޖެހިގެން ނިޔާވި މީހުންގެ އަދަދު ވަނީ 266 އަށް އަރާފައެވެ.



ކޯވިޑްގެ ހާލަތު ރާއްޖޭގައި ގޯސްވަމުން އަންނައިރު، ރާއްޖެއިން އިއްޔެވެސް ވަނީ 2137 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އިއްޔެ ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ ގްރޭޓަރ މާލެ ސަރަހައްދުން ޕޮޒިޓިވްވި 1219 މީހަކާއި އެހެނިހެން ސަރަހައްދު ތަކުން ޕޮޒިޓިވްވި 918 މީހުންނެވެ. މީގެ ތެރޭގައި ރިސޯޓުތަކުން ޕޮޒިޓިވްވި 89 މީހުންނާއި، އަތޮޅުތެރޭގެ ރަށްތަކުން ޕޮޒިޓިވްވި 547 މީހަކު ހިމެނެއެވެ.

އެޗްޕީއޭ ގެ ތަފާސްހިސާބުން ދައްކާގޮތުން މިވަގުތު ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ގެންދަނީ 43 މީހުންނަށެވެ.



ކިޔުންތެރިންގެ ހިޔާލު