އަންނަ މަހުގެ 5 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ރީ-ރަޖިސްޓްރީއަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން އިއްޔެ ނެރުނު އިއުލާންގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ އިތުރުން، އެ ދުވަހު އޮންނަ ތ. ވިލުފުއްޓާއި ގއ. ގެމަނަފުށީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި އިލެކްޝަންގެ ރީ-ރަޖިސްޓްރީއަށްވެސް ހުޅުވާލާފައެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ އެ ދާއިރާތަކަށް ވޯޓުލާ މީހުންގެ ތެރެއިން ރަށްވެހި ވެފައިވާތަން ނޫން އެހެންތަނެއްގައި ވޯޓުލާން ބޭނުންވާ މީހުން ރީ-ރަޖިސްޓްރީވުމުގެ ފުރުޞަތު މިމަހުގެ 24 ވަނަ ދުވަހާއި ހަމައަށް ހުޅުވާލާފައިވާކަމަށެވެ.
އަންނަމަހުގެ 5 ވަނަ ދުވަހު ބާއްވާ ބައި އިލެކްޝަންތަކުގެ ތެރެއިން އެންމެ ފޯރިގަދަކޮށް ކެމްޕެއިން ކުރަމުންދަނީ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނަށެވެ. އެ އިންތިހާބުގައި އެމްޑީޕީ، ޕީޕީއެމް އަދި އެމްއެންޕީން ވާދަކުރެއެވެ.
މި އިންތިހާބުގައި ވާދަކުރަނީއެމްޑީޕީގެ ފަރާތުން މުޙައްމަދު ރަޝީދު، ޕީޕީއެމްގެ ފަރާތުން މޫސާ ފަތުހީ އާދަމާއި، އެމްއެންޕީގެ ފަރާތުން ޢަބްދުލްހަންނާން އިދުރީހެވެ.
މި އިންތިހާބުގައި 6 ވޯޓް ފޮށްޓެއް ބަހައްޓާއިރު، ފޮށި ބަހައްޓާނީ އެ ދާއިރާގެ ރަށްތަކުގެ އިތުރުން މާލޭގައި ހުންނަ އިންތިޚާބުތަކާއި ބެހޭ މައި މަރުކަޒުގައެވެ.

2022 ފެބުރުއަރީ 5 ވަނަ ދުވަހު ބާއްވާ ބައި-އިލެކްޝަންތަކަށް ރީ-ރަޖިސްޓަރީ ވުމުގެ ފުރުޞަތު 20 ޖަނަވަރީ(މާދަމާ) އިން ފެށިގެން 24 ޖަނަވަރީއަށް ހުޅުވާލެވިފައި.
— Elections Commission (@ElectionsMv) January 19, 2022
އަންނަމަހުގެ 5 ވަނަ ދުވަހު ބާއްވާ ބައި އިލެކްޝަންތަކުގެ ތެރެއިން އެންމެ ފޯރިގަދަކޮށް ކެމްޕެއިން ކުރަމުންދަނީ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނަށެވެ. އެ އިންތިހާބުގައި އެމްޑީޕީ، ޕީޕީއެމް އަދި އެމްއެންޕީން ވާދަކުރެއެވެ.
މި އިންތިހާބުގައި ވާދަކުރަނީއެމްޑީޕީގެ ފަރާތުން މުޙައްމަދު ރަޝީދު، ޕީޕީއެމްގެ ފަރާތުން މޫސާ ފަތުހީ އާދަމާއި، އެމްއެންޕީގެ ފަރާތުން ޢަބްދުލްހަންނާން އިދުރީހެވެ.
މި އިންތިހާބުގައި 6 ވޯޓް ފޮށްޓެއް ބަހައްޓާއިރު، ފޮށި ބަހައްޓާނީ އެ ދާއިރާގެ ރަށްތަކުގެ އިތުރުން މާލޭގައި ހުންނަ އިންތިޚާބުތަކާއި ބެހޭ މައި މަރުކަޒުގައެވެ.
ކިޔުންތެރިންގެ ހިޔާލު