ރާއްޖޭގައި ޗާޕްކުރާ ފޮތްތަކުގައި ހުންނަ ކީރިތި ޤުރްއާނުގެ އާޔަތްތަކުގެ ކުށް ބަލައި ފާސްކުރާ ކޮމެޓީގެ ނަމުގައި ކޮމެޓީއެއް އެކުލަވާލައްވައިފިއެވެ.

މި ކޮމިޓީ އެކުލަވާލާފައިވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުންނެވެ. އަދި އެކޮމެޓީގެ މެމްބަރުންނާއި މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު މިއަދު ވަނީ ބައްދަލު ކުރައްވާފައެވެ. މި ބައްދަލުވުމުގައި ކޮމިޓީގެ މަސައްކަތްތައް ކުރިއަށް ދާނެގޮތާމެދު މަޝްވަރާކުރައްވާފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

މި ކޮމިޓީގައި ތިއްބަވަނީ ރާއްޖޭގައި ތިއްބެވި ފުންނާބުއުސް ދީނީ އިލްމުވެރިންނެވެ.



އިސްލާމިކް މިނިސްޓްރީން ބުނީ މިފަދަ ކޮމިޓީއެއް އެކުލަވާލުމުގެ ބޭނުމަކީ ކީރިތި ގުރުއާނުގެ ކަރާމާތްތެރިކަން ރައްކާތެރި ކުރުންކަމަށެވެ.

ރާއްޖޭގައި ޗާޕްކުރެވޭ ފޮތްތަކުގައި ހުންނަ ކީރިތި ޤުރްއާނުގެ އާޔަތްތަކުގެ ކުށްހުރިތޯ ބަލައި ފާސްކުރާ ކޮމެޓީއެއް އެކުލަވާލާފައިވާއިރު، ރާއްޖޭގައި ޗާޕްކޮށްފައިވާ ބައެއް ފޮތްތަކުގައި ލިޔެފައިވާ އާޔަތްތަކުގައި ކުށް ހުރެގެން އެ މައްސަލަ މިދިޔަ ދުވަސްތަކުގައި ވަނީ ވަރަށް ބޮޑަށް ފެންމަތިވެފައެވެ.



ކިޔުންތެރިންގެ ހިޔާލު