ބ. ކަމަދޫ ބަނދަރު ބޮޑުކުރުމުގެ މަސައްކަތާއި ގއ. ދަންދޫ ބަނދަރު ބޮޑުކުރުމުގެ މަސައްކަތް ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

މިމަސައްކަތް އެމްޓީސީސީއާ ހަވާލުކުރުމަށް މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ވަނީ ހާއްސަ ރަސްމިޔާތެއް ބާއްވާފައެވެ.

މިމަސައްކަތް ހަވާލުކޮށްފައިވާ އެމްޓީސީސީގެ ފަރާތުން މިކަމާއި ގުޅޭ އެއްބަސްވުމުގައި ސޮއިކުރެއްވީ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމެވެ.





ކަމަދޫ ބަނދަރު ހެދުމުގެ މަޝްރޫއުގެ ދަށުން 25,404 ކިއުބިކް މީޓަރ ބަނދަރު ފުންކުރުން، 10 މޫރިންގ ބޮއި ހަރުކުރުން، 180 މީޓަރ ބޭރުތޮށި ޖެހުން، ރޭމްޕް ހެދުން، 826 މީޓަރ ރިވެޓްމެންޓް ޖެހުން، 1730 އަކަ މީޓަރުގެ ޕޭވްމަންޓް ހެދުން، 346 މީޓަރ އެއްގަމުތޮށި ޖެހުން، 17 މަގު ބައްތިޖެހުން، 70 މޫރިންގ ރިންގް ހަރުކުރުން އަދި 2 ނެރު ބައްތި ހަރުކުރުން ހިމެނެއެވެ.

ބ. ކަމަދޫ ބަނދަރު މަރާމާތުކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީއާ ހަވާލުކުރީ 47,016,634.85 ރުފިޔާއަށެވެ. މި މަޝްރޫޢު ހަވާލުކޮށްފައިވަނީ 400 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.



‏ދާންދޫ ބަނދަރު ހެދުމުގެ މަޝްރޫއުގެ ދަށުން 81,404 ކިއުބިކް މީޓަރ ބަނދަރު ފުންކުރުން، ކޮންކްރީޓް ޖެޓީ އެޅުން، 333 މީޓަރ ބޭރުތޮށި ޖެހުން، ރޭމްޕް ހެދުން، 370 މީޓަރ ރިވެޓްމެންޓް ޖެހުން، 3747.71 އަކަ މީޓަރުގެ ޕޭވްމަންޓް ހެދުން، 30 މީޓަރ ގްރެއިން ޖެހުން،ޗ36 މަގު ބައްތި ޖެހުން، 529 މީޓަރ އެއްގަމުތޮށި ޖެހުން، 2 ނެރު ބައްތި ހަރުކުރުން،ޗ104 މޫރިންގ ރިންގް ހަރުކުރުން އަދި 10 މޫރިންގ ބޮއި ހަރުކުރުން ކުރިއަށްދާނެއެވެ.

ގއ. ދާންދޫ ބަނދަރު ބޮޑުކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީއާ ހަވާލުކުރީ 70,862,508.89 ރުފިޔާއަށެވެ. މި މަޝްރޫޢު ހަވާލުކޮށްފައިވަނީ 485 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.



ކިޔުންތެރިންގެ ހިޔާލު