ރާއްޖޭގައި ކޮވިޑް ހާލަތު އަނެއްކާވެސް ގޯސްވަމުންދާތީ، އައިޖީއެމްއެޗުގައި އާއްމު ސާޖަރީތައް ހެދުން މެދުކަނޑާލައިފިއެވެ.
އައިޖީއެމްއެޗުން ބުނީ ކޮވިޑް ކޭސްތައް އިތުރުވާތީ މިވަގުތުގެ ހާލަތަށް ބެއްލުމަށްފަހު ހޮސްޕިޓަލުން ދޭ ބައެއް ހިދުމަތްތަކަށް ބަދަލު ގެންނަން ނިންމާފައިވާ ކަމަށެވެ. އެގޮތުން އަންނަ އާދިއްތަ ދުވަހުން ފެށިގެން ދުރާލައި ތާވާލުކޮށްގެން ހަދާ އާންމު ސާޖަރީތައް ހެދުން މެދުކަނޑާލަން ވާކަމަށް ހޮސްޕިޓަލުން ބުނެއެވެ.
އައިޖީއެމްއެޗުން ބުނީ މި ސާޖަރީތައް އަލުން ފަށާނީ ކޯވިޑްގެ ހާލަތަށް ރިޔާއަތްކުރުމަށްފަހު ކަމަށެވެ. އާންމު ސާޖަރީތައް ހެދުންމެދުކަނޑާލިޔަސް އިމަޖެންސީ ހިދުމަތްތައް 24 ގަޑިއިރު މެދުކެނޑުމެއް ނެތި ލިބޭނެ ކަމަށް އައިޖީއެމްއެޗްއިން މައުލޫމާތުދެއެވެ.
އައިޖީއެމްޗުން ވަނީ މީގެކުރިންވެސް ކޯވިޑްގެ ހާލަތަށް ރިޔާއަތްކޮށް އެ ހޮސްޕިޓަލުގެ ބައެއް ހިދުމަތްތައް ދޭ އުސޫލުތަކަށް ބަދަލުތައް ގެނެސްފައެވެ.
ކޮވިޑްގެ ނުރައްކާތެރި އޮމިކްރޯން ވޭރިއަންޓާއެކު ރާއްޖޭގައި ކޯވިޑް ފެތުރުން އިންތިހާއަށް އިތުރުވެފައިވާތީ، އެޗްޕީއޭއިންވޭސް ވަނީ ރާއްޖޭގައި އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު