ކުރީގެ ރައީސް އަބުދު ﷲ ޔާމީނަށް ޕީޕީއެމް ހޯދައިދިން ސ. ހުޅުދޫ ފެންފިޔާޒުގެ އައްބާސް ވާފިރު ޖުމުހޫރީ ޕާޓީއަށް ސޮއިކުރައްވައިފިއެވެެ.
ޕީޕިއެމްގެ ރައީސް މައުމޫން އަބުދުލްގައްޔޫމާއި، އޭރުގެ މުސްތަޝާރު ރައީސް އަބުދު ﷲ ޔާމިނާއި ދެމެދު ކޯޅުން ބޮޑުވެ ޕާޓީގެ މިލްކުވެރިކަމާއި މެދު ސުވާލު އުފެދުމުން ރައީސް ޔާމިނާއި ޕާޓީގެ ހިންގުން ސިވިލް ކޯޓުން ހަވާލުކޮށްފައިވަނީ ސ. ހުޅުދޫ ފެންފިޔާޒުގެ އައްބާސް ވާފިރު ހުށައެޅި މައްސަލައެއް ބެލުމަށްފަހުއެވެ.
ސިވިލް ކޯޓުގެ އެ ހުކުމަށް ހައިކޯޓާއި ސްޕްރީމް ކޯޓުން ވަނީ ތާއިދުކޮށްފައެވެ. ރައީސް މައުމޫން އުފެއްދެވި ޕީޕީއެމް ރައީސް ޔާމިނަށް ލިބިވަޑައިގަތީ އެހުކުމާއި ގުޅިގެންނެެވެ.
"ރަސްއޮންލައިން" އަށް މައުލޫމާތު ދެއްވަމުން މިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި އައްޑޫ ސިޓީގެ ހުޅުދޫ ދާއިރާއަށް އަމިއްލަގޮތުން ވާދަކުރެއްވުމަށްފަހު ނަން އަނބުރާ ގެންދެވި އައްބާސް ވާފިރު ވިދާޅުވީ ފަސް އަހަރު ޕީޕިއެމަށް ޚިދުމަތް ކުރެއްވުމަށްފަހު ޕާޓީ ދޫކޮށްލީ އެޕާޓީގެ ތެރެއިން ސިޔާސީ ގޮތުން ކުރިއަށްދާނެ ފުރުސަތު ނެތުމުން ކަމަށެވެ.
އައްބާސް ވިދާޅުވީ ޕީޕިއެމް، ރައީސް ޔާމިނަށް ލިބިވަޑައިގަތީ އޭނާގެ މަސައްކަތުން ކަމަށެވެ. އެެހެން ނަމަވެސް ޕީޕިއެމުން ވެސް އެކަން ބަލަައިނުގަތް ކަމަށާއި، އެމައްސަލަ ކާމިޔާބުވުމުން ރައީސް ޔާމިން ފަރާތްޕުޅުން ފޯން ކޯލެއްހާ މިންވަރުވެސް ލިބިވަޑައިގެންނެވި ކަމަށް އައްބާސް ވިދާޅުވިއެވެ.
އައްބާސް ވިދާޅުވީ ރައީސް ޔާމިން ޖަލުން މިނިވަންވެވަޑައިގަތުމަށްފަހު އެމަނިކުފާނާއި ބައްދަލު ކުރުމަށް ފުރުސަތަކަށް އެދުނު ކަމަށާއި އެހެންނަމަވެސް އެ ފުރުސަތު ނުދެއްވި ކަމަށެވެ.
މަޖިލީހުގެ ކުރީގެ ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު (ޝާޑް) ފަދަ ބޭފުޅުން ފިޔަވައި އިތުރު ބަޔަކަށް ޕީޕިއެމްގެ ތެރެއިން ކުރިއަށް ދިޔުމުގެ ފުރުސަތު ނެތް ކަމަށާއި ނިމިދިޔަ ކައުންސިލް އިންތިޚާބުގައި އެކަން ވަރަށް ރަނގަޅަށް ހާމަވެގެންދިޔަ ކަމަށް އައްބާސް ވިދާޅުވިއެެވެ.
"ކައުންސިލް އިންތިޚާބުގައި ޕީޕީއެމް ޓިކެޓް ޕާޓީން ދިން ފަރާތުން ޓިކެޓް ދޫކޮށްލުމުން ޕާޓީގެ އާންމު މެމްބަރުން އަޅުގަނޑަށް އެޕްރޯޗްކުރިއިރު ޕީޕީއެމްގެ ލީޑަރޝިޕުން އަޅުގަނޑަށް ފުރުސަތެއް ނުލިބުނު، ޕީޕިއެމުން ބުނީ ހުޅުދޫ ދާއިރާގެ މެމްބަރާއި ވާހަކަ ދައްކައިގެން ކުރިއަށް ގެންދާށޭ އޭނާގެ ފަރާތުން ވެސް އެއްބާރުލުމެއް ނުލިބުނު، އެންމެ ފަހުން އަޅުގަނޑު ނަން ނެގީމަ އެމްޑީޕީއަށް އެ ގޮނޑި ލިބުނީ." ޕީޕިއެމްގެ ތެރެއިން ސިޔާސީ ގޮތުން ކުރިއަށްދާން ފުރުސަތު ނެތް ކަމުގެ މިސާލެއް ދައްކަވަމުން އައްބާސް ވިދާޅުވިއެވެ.
އައްބާސް ވާފިރު ވަނީ މީގެ ކުރިން 2013 ވަނަ އަހަރު ރިޔާސީ އިންތިޚާބުގައި ޖުމުހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރައްވާފައެވެ. އެގޮތުން ހުޅުދޫ ދާއިރާގެ ޖުމުހޫރީ ޕާޓީގެ ޖަގަހައެއް ހުޅުވައި އެޕާޓީގެ ހަރަކާތްތަށް ފުޅާކުރުމަށް އޭނާ ވަނީ ވަރަށް އިސްރޯލެއް އަދާ ކުރައްވާފައެވެ.
އައްބާސް ވާފިރު ޕީޕީއެމަށް ސޮއިކުރެއްވީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ދެވަނަ ބުރަކަށް ދާންޖެހި ރައީސް ޔާމިން ވެރިކަމަށް ގެނައުމަށް ޖުމުހޫރީ ޕާޓީ ހިމެނޭހެން ހެދި ކޯލިޝަންގެ މަސައްކަތްތަކުގެ ތެރެއިންނެެވެ.
ސިޔާސީ ގޮތުން ޖުމުހޫރީ ޕާޓީގައި ކުރިއަށް ދާން ނިއްމި ސަބަބާއި ގުޅޭގޮތުން ރަސް އޮންލައިނާއި ވާހަކަ ދަައްކަވަމުން އައްބާސް ވާފިރު ވިދާޅުވީ، އެޕާޓީ އާއި ގުޅުމުގައި އަމިއްލަ އެއްވެސް އެދުމެއް ހާސިލް ކުރުމުގެ ނިޔަތެއް ނެތް ކަމަށާއި، ބޭނުންވަނީ ފުރުސަތުތަކުގެ ބޭނުން ހިފައިގެން ޕާޓީގެ ތެރެއިން ކުރިއަށް ދިޔުމަށް ކަމަށެވެެ.
ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި ވާދަކުރުމުގެ ވިސްނުން އެބަހުރި ކަމަށް ވެސް އައްބާސް ވިދާޅުވިއެވެ. ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަކީ އަމިއްލަ ފަރުދެއްގެ ހައިސިއްޔަތުން ތަފާތު އެކި ދާއިރާތަކުން މީހުން ބިނާކޮށް އެމީހުން މުޖުތަމައަށް ނެރުއްވައި ރާއްޖޭގެ ތައުލީމަށް އަމިއްލަ ޖީބުން ބޮޑެތި ހޭދަތަކެއް ކުރައްވާ ބޭފުޅެއް ކަމަށް އައްބާސް ވިދާޅުވިއެވެ.
"އަޅުގަނޑު ބޭނުންވަނީ ސިޔާސީ ގޮތުން ކުރިއަށްދާން، ސިޔާސީ ގޮތުން ކުރިއަށްދާން ބަލާއިރު ޖުމުހޫރީ ޕާޓީއަކީ 50000 ހާސް މީހުންގެ ސަޕޯޓް އަދި ވޯޓް ލިބިގެން އަބަދުވެސް ޝެއާ ވެގެން ކޯލިޝަނެއްގެ ތެރެއިން ދާ ޕާޓީއަކަށްވާތީ އޭގެ ތެެރެއިން ދާން ފަސޭހަވާނެ ކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭ." ސަރުކާރަށް 25 އަހަރު ޚިދުމަތް ކުރައްވާފައިވާ އައްބާސް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ލީޑަރު މކަން ކުރަަައްވާ ޖުމުހޫރީ ޕާޓީގެ މެމްބަރުންގެ އަދަދު މިފަހުން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން އިލެކްޝަން ކޮމިޝަނަށް އެޕާޓީން ހުށައަޅާފައިވާ ފޯމްތަކާއެކު އެޕާޓީގެ މެމްބަރުންގެ އަދަދު 25000 އަށް އަރައެވެ.

ކިޔުންތެރިންގެ ހިޔާލު