މާލެއިން ބޭރުގައި ފުރަތަމަ ފަހަރަށް ގާއިމްކުރާ ބައިނަލްއަޤްވާމީ ފެންވަރުގެ މަލްޓި ޕާރޕަސް ސްޕޯޓްސް ކޮމްޕްލެކްސްތައް ބީލަމަށް ހުޅުވާލުމަށް ޓެންޑަރ ބޯޑަށް ފޮނުވައިފިއެވެ.
މާލޭ ސޯޝަލް ސެންޓަރު ފިޔަވައި ރާއްޖޭގައި ގާއިމްކުރާ ފުރަތަމަ މަލްޓި ޕާޕަސް އިންޑޯ ކޮމްޕްލެކްސްތައް ގާއިމްކުރުމުގެ މަޝްރޫއަކީ މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން ކުރިއަށްގެންދާ މަޝްރޫއެކެވެ.
މިމަޝްރޫއުގެ ދަށުން ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ބަހާލައިގެން 6 މަލްޓި ޕަރޕަސް އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްް ތަރައްޤީކުރުމަށް ވަނީ ނިންމާފައެވެ.
މިސްޕޯޓުސް ކޮމްޕްލެކްސް ތަރައްޤީ ކުރުމަށް ނިންމާފައިވާ ރަށްތަކަކީ ރ. އަލިފުށި، ރ. ދުވާފަރު، އއ. އުކުޅަސް، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީ ފޭދުއާއި މީދޫގައެވެ.
ޔޫތު މިނިސްޓްރީން ބުނީ މަލްޓި ޕާޕަސް އިންޑޯ ކޮމްޕްލެކްސްގެ މަސައްކަތް ކުރިއަށްގެންދިއުމަށް ބޭނުންވާ އިދާރީ މަސައްކަތްތައް ފުރިހަމަކުރުމަށްފަހު، މިހާރުވަނީ ޓެންޑަރ ބޯޑަށް ފޮނުވާފައިކަމަށެވެ.
މި ކޮމްޕްލެކްސްތަކަކީ ހޭންޑްބޯލް، ނެޓްބޯލް، ވޮލީބޯލް އަދި ބާސްކެޓްބޯޅައިގެ ބައިނަލްއަގްވާމީ ފެންވަރުގެ މުބާރާތްތައް ބޭއްވޭ ފެންވަރަށް ތަރައްޤީކުރާ އިމާރާތްތަކެކެވެ. އަދި މި ތަންތަން ފަރުމާކޮށްފައިވަނީ މިފަދަ ފެސިލިޓީއަކުން ކުޅުންތެރިންނަށް ބޭނުންވާނެ ވަސީލަތްތަކާއި، އަދި ކުޅިބަލަން ވަންނަ މީހުންނަށް ފަސޭހައި ތިބެވޭނެ އިންތިޒާމްތަކާއެކުއެވެ.
އަތޮޅުތަކުގައި ކުޅިވަރު ކުޅެވޭނެ ވަސީލަތްތައް ގާއިމްކުރުމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިހާރުވެސް ފުޓްސަލް ދަނޑުތަކާއި ފުޓްބޯޅަ ދަނޑުތައް ގާއިމްކުރުމުގެ މަސައްކަތް އެކި ރަށްރަށުގައި ކުރިއަށްދެއެވެ. މީގެއިތުރުން އައުޓް ޑޯ އަދި އިންޑޯ އެކިއެކި ކުޅިވަރުތައް ކުޅެވޭނެ އިންތިޒާމްވެސް ސަރުކާރުން ގެންދަނީ ހަމަޖައްސަމުންނެވެ.

The first multipurpose indoor sports complexes to be built out of Malè have been sent to Tender Board. The complex will have the facilities to host international competitions for Basketball,Netball,Volleyball & Handball.
— Ahmed Mahloof (@AhmedMahloof) January 18, 2022
Alifushi
Dhuvaafaru
Ukulhas
Fuvahmulah
S.Feydhoo
S.Meedhoo pic.twitter.com/VyYcXXzkvR
މިމަޝްރޫއުގެ ދަށުން ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ބަހާލައިގެން 6 މަލްޓި ޕަރޕަސް އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްް ތަރައްޤީކުރުމަށް ވަނީ ނިންމާފައެވެ.
މިސްޕޯޓުސް ކޮމްޕްލެކްސް ތަރައްޤީ ކުރުމަށް ނިންމާފައިވާ ރަށްތަކަކީ ރ. އަލިފުށި، ރ. ދުވާފަރު، އއ. އުކުޅަސް، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީ ފޭދުއާއި މީދޫގައެވެ.
ޔޫތު މިނިސްޓްރީން ބުނީ މަލްޓި ޕާޕަސް އިންޑޯ ކޮމްޕްލެކްސްގެ މަސައްކަތް ކުރިއަށްގެންދިއުމަށް ބޭނުންވާ އިދާރީ މަސައްކަތްތައް ފުރިހަމަކުރުމަށްފަހު، މިހާރުވަނީ ޓެންޑަރ ބޯޑަށް ފޮނުވާފައިކަމަށެވެ.
މާލޭ ސޯޝަލް ސެންޓަރު ފިޔަވައި ރާއްޖޭގައި ގާއިމްކުރާ ފުރަތަމަ މަލްޓިޕާޕަސް އިންޑޯ ކޮމްޕްލެކްސްތަކުގެ ތެރެއިން ރ. އަލިފުށި ކޮމްޕްލެކްސް ގާއިމްކުރަން ޓެންޑާ ބޯޑަށް ވަނީ ފޮނުވިފައި. މި ކޮމްޕްލެކްސްގައި ހޭންޑްބޯލް،ނެޓްބޯލް، ވޮލީބޯލް އަދި ބާސްކެޓްބޯޅަ ބައިނަލްއަގްވާމީ މުބާރާތް ކުޅެވޭނެ pic.twitter.com/xXHCevf9Ea
— Ministry of Youth,Sports and Community Empowerment (@MoYSCEmv) January 19, 2022
މި ކޮމްޕްލެކްސްތަކަކީ ހޭންޑްބޯލް، ނެޓްބޯލް، ވޮލީބޯލް އަދި ބާސްކެޓްބޯޅައިގެ ބައިނަލްއަގްވާމީ ފެންވަރުގެ މުބާރާތްތައް ބޭއްވޭ ފެންވަރަށް ތަރައްޤީކުރާ އިމާރާތްތަކެކެވެ. އަދި މި ތަންތަން ފަރުމާކޮށްފައިވަނީ މިފަދަ ފެސިލިޓީއަކުން ކުޅުންތެރިންނަށް ބޭނުންވާނެ ވަސީލަތްތަކާއި، އަދި ކުޅިބަލަން ވަންނަ މީހުންނަށް ފަސޭހައި ތިބެވޭނެ އިންތިޒާމްތަކާއެކުއެވެ.
އަތޮޅުތަކުގައި ކުޅިވަރު ކުޅެވޭނެ ވަސީލަތްތައް ގާއިމްކުރުމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިހާރުވެސް ފުޓްސަލް ދަނޑުތަކާއި ފުޓްބޯޅަ ދަނޑުތައް ގާއިމްކުރުމުގެ މަސައްކަތް އެކި ރަށްރަށުގައި ކުރިއަށްދެއެވެ. މީގެއިތުރުން އައުޓް ޑޯ އަދި އިންޑޯ އެކިއެކި ކުޅިވަރުތައް ކުޅެވޭނެ އިންތިޒާމްވެސް ސަރުކާރުން ގެންދަނީ ހަމަޖައްސަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު