ޗައިނާ، ރަޝިޔާ އަދި އީރާނުން ގުޅިގެން ކުރިއަށްގެންދާ ކަނޑުމަތީގެ ނޭވަލް ޑްރިލްތަކެއް އިންޑިއާ ކަނޑުގައި ފަށައިފިއެވެ.
ހަބަރުތައް ބުނާގޮތުން މިއަދު ފެށި މި ތަމްރީންތަކަކީ "2022 މެރިން ސެކިއުރިޓީ ބެލްޓް"ގެ ނަމުގައި ކުރިއަށްގެންދާ ތަމްރީންތަކެކެވެ. މިތަމްރީނު ކުރިއަށްދާނީ އިންޑިއާ ކަނޑުގެ އުތުރުގައިކަމަށްވެސް އީރާނުގެ އޮފިޝަލުން ވިދާޅުވެއެވެ.
މިތަމްރީނުތަކުގައި ހައިޖެކްކުރާ އުޅަނދު ސަލާމަތްކުރާ ތަމްރީނާއި، އަލިފާނުގެ ހާދިސާތައް ތައްޔާރުވުންފަދަ ކަންކަން ހިމެނެއެވެ.
މިއީ ޗައިނާ، ރަޝިޔާ އަދި އީރާނުން ގުޅިގެން ކުރިއަށްގެންދާ މިފަދަ 3 ވަނަ ތަމްރީނެވެ. މީގެ ފުރަތަމަ ތަމްރީން ބާއްވާފައިވަނީ 2019 ވަނަ އަހަރުއެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް މި ތަމްރީންތައް ކުރިއަށްގެންދާނެކަމަށް އެ ގައުމުތަކުން ބުނެއެވެ.
މިދިޔަ ޖޫންމަހު އީރާނުގެ ވެރިކަމާއި ހަވާލުވި އިބްރާހީމް ރައިސީ ދަނީ ހުޅަނގަާއި ދުރަށް ޖެހި، އިރުމަތީ ބިތުގެ ގައުމުތަކާއި ގުޅުން އިތުރަށް ބަދަހިކުރަމުންނެވެ. މިގޮތުން އިރާނުން ވަނީ ޗައިނާއާއި ރަޝިޔާއިން އިސްނަގައިގެން އުފައްދާފައިވާ ޝެންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަންގައިވެސް ބައިވެރިވެފައެވެ. މީގެއިތުރުން އީރާނުގެ ރައީސް މިދިޔަ ހަފްތާގައި ވަނީ ރަޝިޔާގެ ރައީސާއިވެސް ބައްދަލުކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު