ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ކެމްޕެއިނަށް ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސާލިހާއި އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ށ ފޯކައިދޫއަށް ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެމްބަރު ހުސައިން ވަހީދު އަވަހާރަވުމާއި ގުޅިގެން ބުސްވެފައިވާ އެދާއިރާގެ ބައި އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަމަހުގެ 5 ވަނަ ދުވަހުއެވެ. މި އިންތިހާބުގައި އެމްޑީޕީގެ އިތުރުން، ޕީޕީއެމް އަދި އެމްއެންޕީން ވާދަކުރެއެވެ.
އެމްޑީޕީގެ އޮފިޝަލަކު ވިދާޅުވީ ކޮމަންޑޫ ދާއިރާގެ 3 ރަށުގެ ތެރޭގައި ހިމެނޭ ފޯކައިދޫއަށް ރައީސް ސާލިހާއި ރައީސް ނަޝީދު މާދަމާ ވަޑައިގަންނަވާނެ ކަމަށެވެ. އަދި ފޯކައިދޫގައި މާދަމާރޭ ބާއްވާ ޖަލްސާގައި ރައީސް ސާލިހާއި ރައީސް ނަޝީދު ބައިވެރިވެވަޑައިގަތުމަށްވެސް ވަނީ ހަމަޖެހިފައެވެ. މިޖަލްސާގައި ދެ ރައީސުންގެ އިތުރުން ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.
ރައީސް ނަޝީދާއި ރައީސް ސާލިހު ބައިވެރިވެވަޑައިގަންނަވާ ޖަލްސާއެއް މާދަމާރޭ ފޯކައިދޫގައި ބާއްވާއިރު، މީގެކުރިން ރައީސް ސާލިހު ވަނީ އެދާއިރާގެ ކޮމަންޑޫއަށް ވަޑައިގެން ކެމްޕެއިން ޖަލްސާއެއް ބާއްވަވާފައެވެ. އަދި އޭގެފަހުން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދާއި ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ އަދި ނާއިބު ރައީސް ފައިސަލް ނަސީމްވެސް ވަނީ އެ ދާއިރާއަށް ވަޑައިގެންނަވާފައެވެ.
އަނެއްކޮޅުން އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންވެސް ވަނީ ކޮމަންޑޫ ދާއިރާގެ ކެމްޕެއިނަށް އެ ދާއިރާގެ 3 ރަށަށް ވަޑައިގަންނަވާފައެވެ.
މިހާރުވެސް މަޖިލީހުގައި ސުޕަރ މެޖޯރިޓީ އޮތް ވެރިކަންކުރާ އެމްޑީޕީއާއި ސަރުކާރުގެ މުޅި ހަކަތަ ކޮމަންޑޫ ދާއިރާގެ ބައި އިލެކާޝަނަށް ބޭނުންކުރަމުންދާ ސަބަބެއް ކަނޑައެޅިގެން ނޭނގުނު ނަމަވެސް މިކަމުގައި އިދިކޮޅުން ގެންދަނީ ތަފާތު ތުހުމަތުތައް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު