އޭޑީކޭ ހޮސްޕިޓަލްގައި އެނދުމަތިމޮށްފައި ތިބޭ ބަލި މީހުންނަށް ޒިޔާރަތް ކުރުން މަނާކޮށްފި އެވެ.
އޭޑީކޭ ހޮސްޕިޓަލުން ބުނީ ކޮވިޑް-19 ފެތުރުން އިތުރުވެފައިވާތީ ސިއްހީ ހިދުމަތްތެރިންގެ ރައްކާތެރިކަމަށް ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށެވެ. ކޮވިޑްގެ ހާލަތު ގޯސްވުމާއި ގުޅިގެން މާދަމާއިން ފެށިގެން އެ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ މީހުން ކައިރިއަށް ޒިޔާރަތް ކުރުން މަނާކޮށްފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެ އެވެ.
އަދި އެޑްމިޓް ކޮށްގެން ފަރުވާ ދޭ މީހުންގެ އެހީތެރިންގެ ގޮތުގައިވެސް ދެން މަޑުކުރެވޭނީ އެންމެ މީހަކަށް ކަމަށް އޭޑީކޭ ހޮސްޕިޓަލުން މައުލޫމާތުދެއެވެ. އެއީވެސް ކޮވިޑް-19 ގެ އެއްވެސް އަލާމާތެއް ނެތް މީހަކަށް ވާން ޖެހޭނެ ކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.
އޭޑީކޭއިން ވަނީ ކޮންމެހެން އަންނަންޖެހޭ ހާލަތެއްގައި ނޫނީ އެ ހޮސްޕިޓަލަށް ނުދިއުމަށާއި ހޮސްޕިޓަލަށް އަންނަން ޖެހިއްޖެ ހާލަތެއްގައިވެސް އެކަނި އައުމަށް އިލްތިމާސްކޮށްފައެވެ. ނުވަތަ އެހީތެރިއެއްގެ ގޮތުގައި އެކަކަށް ވުރެ ގިނައިން ނުގެނައުމަށާއި އަދި މާސްކު އެޅުމާއި ހޭންޑް ސެނެޓައިޒާ ބޭނުން ކުރުމަށްވެސް އެ ހޮސްޕިޓަލުން ވަނީ އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު