އިއްފަތްތެރިކަން ރައްކާތެރި ކުރުމަށް ރަނގަަޅަށް ނިވާވެ ފިޔަވަޅުއަޅާ ބަޔަކަށް ޑިމްކޮރަސީގައި އެއްވެސް ހައްގެއް ނެތީތޯ ވިދާޅުވެ އަދާލަތު ޕާޓީގެ އިލްމްވެރިންގެ މަޖިލީހުގެ ނާއިބް ރައީސް ޑރ. މުހައްމަދު އިޔާޒް އެމްޑީޕީއަށް ސުވާލުތަކެއް އަމާޒު ކުރައްވައިފިއެވެ.

ދީނީ ޢިލްމުވެރިޔާ ޑރ. އިޔާޒުގެ މިފަދަ ސުވާލުތަކެއް ވެރިކަންކުރާ އެމްޑީޕީއާއި އަމާޒު ކުރެއްވީ ޓީޗަރުން ކިޔަވައިދޭއިރު މޫނުބުރުގާ އަޅައިގެން ތިބުމާއި އެޕާޓީ ދެކޮޅުކަން ހާމަކޮށްފައި ވަނިކޮށެވެ.

މޫނުބުރުގާ އަޅައިގެން ސްކޫލުތަކުގައި މަސައްކަތް ކުރުމުގެ ހުއްދަ ދީފައިވަނީ މި ސަރުކާރުން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނި ނަމަވެސް އެ ހުއްދަދީފައިވަނީ މޫނު ބުރުގާ އެޅި ޓީޗަރުންނަށް ކިޔަވައިދޭ ވަގުތު މޫނު ދައްކަން އެންގުމަށް ފަހުގައެވެ.

ޓީޗަރުން މޫނުބުރުގާ އެޅުމާމެދު ފެށިފައިވާ ބަހުސްގައި ބައެއް ދީނީ އިލްމްވެރިން ގޮވާލައިފައިވަނީ މޫނު ބުރުގާ އަޅައިގެން ކިޔަވައިދިނުމުގެ ފުރުސަތު ދިނުމަށެވެ. ނަމަވެސް ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީން ވަނީ މޫނު ބުރުގާ އަޅައިގެން ކިޔަވައި ދިނުމާ އެޕާޓީން ދެކޮޅުކަން ހާމަކޮށް ބަޔާނެއް ނެރެފައެވެ.

އެކަމާ ގުޅިގެން މި ސަރުކާރު ކޯލިޝަންގަައި ހިމެނޭ އަދާލަތު ޕާޓީގެ އިލްމްވެރިންގެ މަޖިލީހުގެ ނާއިބް ރައީސް އަދި ދީނީ އިލްމްވެރިޔާ ޑރ. މުހައްމަދު އިޔާޒް ވިދާޅުވީ އިންސާނާއަށް ލިބިފައިވާ އެންމެ އަގުބޮޑު ނިއުމަތަކީ އޭނާގެ އިއްފަތްތެރިކަން ކަމަށެވެ. އަދި އިއްފަތްތެރިކަން ރައްކާތެރި ކުރުމަށްޓަކައި ނިވާވެ ދެންވެސް އަޅަންޖެހޭ ފިޔަވަޅުތައް އަޅާ ބަޔަކަށް ޑިމޮކްރަސީއޭ ކިޔާ ނިޒާމުގައި އެެއްވެސް ޙައްޤެއް ނޯންނަނީތޯއޭ ވިދާޅުވެ ޑރ. އިޔާޒް ވަނީ އެމްޑީޕީއާއި ސުވާލު ކުރައްވާފައެވެ.



"‏ތިޔަބޭފުޅުންގެ (އެމްޑީޕީގެ) ޑިމޮކްރަސީގައި އިންސާނީ ޙައްޤުތައް ހަމައެކަނި ލިބިގެންވަނީ އެމީހާގެ ހަށިގަނޑުގެ ވަނާތައް "ސޭލް" އަޅުވައިގެން އުޅޭ މީހުންނަށް އެކަނިތޯ؟ ކޮބައިތޯ ތިޔަބޭފުޅުން ދަޢްވާކުރައްވާ އެކި ޒާތްޒާތުގެ ޙައްޤުތައް؟،" މަޝްހޫރު ދީނީ އިލްމްވެރިޔާ ޑރ. އިޔާޒް ވިދާޅުވިއެވެ.

މީގެ އިތުރުން ކިޔަވައިދޭ ގަޑީގައި މޫނު ނަގަން އެންގި މައްސަލަ ދިފާއުކޮށް އެޑިއުކޭޝަނުން ނެރުނު ބަޔާނަށް ވެސް ޑރ. އިޔާޒް ވަނީ ފާޑު ވިދާޅުވެފައެވެ. އެމައްސަލައިގައި އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ބަޔާނެއްގަައި ބުނެފައިވަނީ ކިޔަވައިދޭއިރު މޫނުބުރުގާ އަޅައިގެން ދަރިވަރުންނަށް އުނގަންނައިދިނުން މަނާކުރީ މޫނުމަތީގެ ހަރަކާތްތަކަކީ ނުހަނު ބޭނުންތެރި ވަސީލަތަކަށްވުމާއި، ޓީޗަރުންގެ މޫނުމައްޗަށް ގެނެވޭ އެކިއެކި ހަރަކާތްތަކުން ފިލާވަޅު ދަރިވަރުންނަށް ފަހުމުވުމުގައި އެހީއަކަށްވާކަމަށް ތަޖުރިބާކާރުންނާއި

މާހިރުން އިއްތިފާގުވާތީ، އެ ފުރުސަތުން ދަރިވަރުން މަހުރޫމުވިޔަ ނުދިނުމަށްޓަކައި ކަމަށެވެ.

އެކަމާ ގުޅިގެން ޑރ. އިޔާޒް ވިދާޅުވީ އެއީ ހުސް ދޮގު ވާހަކަތަކެއް ކަމަށާއި، ދަރިވަރުންނަށް މުހިންމުވާނީ ފިލާވަޅުގެ އެކްސްޕްލޭނޭޝަން (ފިލާވަޅު ރަނގަޅަށް އޮޅުންފިލުވައި ދިނުން) ކަމަށެެވެ. އަދި އެވަރު މިނިސްޓަރަށް އެނގިވަޑައިނުގަންނަވާ ނަމަ މަގާމުން އިސްތިއުފާ ދެއްވުމަށް ޑރ. އިޔާޒް ވަނީ ގޮވާލައްވާފައެެވެ.

"ފިލާވަޅުތަށް ފަހުމުވަނީ މޫނު ބަލައިގެންނަމަ ރޭޑިއޯ ކްލަބްހައުސްފަދަ ވަސީލަތްތައް މެދުވެރިކޮށް ކިޔަވައިދޭއިރު އެއްޗެއް ފަހުމެއް ނުވާނެ." ޑރ. އިޔާޒް ވިދާޅުވިއެވެ.

މޫނު ބުރުގާ އަޅާ ޓީޗަރުންނަށް ސްކޫލްތަކުގައި މަސައްކަތް ކުރަން ހުރަސް ނާޅަން އަދާލަތު ޕާޓީން ވަނީ އެޑިއުކޭޝަން މިނިސްޓްރީގައި އެދިފައެވެ. މިމައްސަލައިގައި އެމްޑީޕީގެ ބައެއް އިސް މީހުންގެ ފާޑުކިއުން ވަނީ އެޕާޓީއަށް އަމާޒު ވެފައެވެ.



ކިޔުންތެރިންގެ ހިޔާލު