ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ކެމްޕެއިނަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކޮމަންޑޫ ދާއިރާއަށް ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.
ޖުމްހޫރީ ޕާޓީގެ އޮފިޝަލަކު ވިދާޅުވީ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ އެމްޑީޕީގެ ކެނޑިޑޭޓްގެ ކެމްޕެއިނަށް ކޮމަންޑޫ ދާއިރާއަށް ޤާސިމް ވަޑައިގަންނަވާނީ އަންނަ އަންގާރަދުވަހުކަމަށެވެ. އަދި ޖުމްހޫރީ ޕާޓީގެ ލީޑަރުގެ އަރިހުގައި ޖުމްހޫރީ ޕާޓީގެ އިސް ބޭފުޅުން މި ދަތުރުގައި ބައިވެރިވެެވަޑައިގަންނަވާނެކަމަށް އެ ޕާޓީން ބުނެއެވެ.
ޖުމްހޫރީ ޕާޓީން ބުނީ މިދަތުރުގައި ކޮމަންޑޫ ދާއިރާގެ 3 ރަށަށް ގާސިމް ވަޑައިގަންނަވާނެކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެމްޑީޕީގެ ކެނޑިޑޭޓްގެ ކެމްޕެއިންގައި ބައިވެރިވެވަޑައިގެންނެވުމަށް ގާސިމް ކުރައްވާ ދަތުރުފުޅުގައި ބައިވެރިވެވަޑައިގަތުމަށް މިމަހުގެ 29 ވަނަ ދުވަހު ރައީސް ސާލިިހުވެސް އެ ދާއިރާއަށް ވަޑައިގަންނަވާނެއެވެ.
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ކެމްޕެއިން ފޯރިއާއެކު ކުރިއަށްދާއިރު، އެ އިންތިޚާބު އޮންނަނީ އަންނަމަހުގެ 5 ވަނަ ދުވަހުއެވެ.
ކޮމަންޑޫ ދާއިރާގެ ކެމްޕެއިނަށް ގާސިމް އެ ދާއިރާއަށް ވަޑައިގަންނަވާއިރު، ރައީސް ނަޝީދާއި ރައީސް ސާލިހު ބައިވެރިވެވަޑައިގަންނަވާ ޖަލްސާއެއް މިރޭ ފޯކައިދޫގައި ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. މީގެކުރިން ރައީސް ސާލިހު ވަނީ އެދާއިރާގެ ކޮމަންޑޫއަށް ވަޑައިގެން ކެމްޕެއިން ޖަލްސާއެއް ބާއްވަވާފައެވެ. އަދި އޭގެފަހުން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދާއި ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ އަދި ނާއިބު ރައީސް ފައިސަލް ނަސީމްވެސް ވަނީ އެ ދާއިރާއަށް ވަޑައިގެންނަވާފައެވެ.
އަނެއްކޮޅުން އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންވެސް ވަނީ ކޮމަންޑޫ ދާއިރާގެ ކެމްޕެއިނަށް އެ ދާއިރާގެ 3 ރަށަށް ވަޑައިގަންނަވާފައެވެ.
މިހާރުވެސް މަޖިލީހުގައި ސުޕަރ މެޖޯރިޓީ އޮތް ވެރިކަންކުރާ އެމްޑީޕީއާއި ސަރުކާރުގެ މުޅި ހަކަތަ ކޮމަންޑޫ ދާއިރާގެ ބައި އިލެކާޝަނަށް ބޭނުންކުރަމުންދާ ސަބަބެއް ކަނޑައެޅިގެން ނޭނގުނުނަމަވެސް މިކަމުގައި އިދިކޮޅުން ގެންދަނީ ތަފާތު ތުހުމަތުތައް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު