ރިޕަބްލިކް އޮފް ބުރުންޑީއާއެކު ރާއްޖެއިންސިޔާސީ ގުޅުން ޤާއިމްކޮށްފިއެވެ.
ރިޕަބްލިކް އޮފް ބުރުންޑީއާއެކު ރާއްޖެއިން ސިޔާސީ ގުޅުން ޤާއިމްކުރުމަށް ނިއުޔޯކުގައި ހުންނަ އދ.ގެ މައި މަރުކަޒުގައި ބޭއްވި ރަސްމިއްޔާތެއްގައި ރާއްޖޭގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ރާއްޖެއިން އދ.އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބް ތިލްމީޒާ ހުސައިނެވެ. ބުރުންޑީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އދ.ގައި ހުންނަވާ އެ ގައުމުގެ ދާއިމީ މަންދޫބް ޒެފެރިން މާނިރާ ޓާންގާއެވެ.
ފޮރިން މިނިސްޓްރީން ބުނީ، ރާއްޖެއާއި މެދު އޮންނަ ގުޅުމަށް އިހްތިރާމްކުރާ އަދި އެކަމުގެ އަގު ވަޒަންކުރާ ގައުމުތަކާއެކު އޮންނަ ގުޅުން ބަދަހިކުރުމަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގެ ޚާރިޖީ ސިޔާސަތުގައި އެންމެ އިސްކަންދޭ އެއް ކަންތައްކަމަށެވެ. ރާއްޖެއާއި ބުރުންޑީއަކީ ބައިނަލްއަޤްވާމީ މައްސަލަތަކުގައި ޚިޔާލު އެއްގޮތް ދެ ޤައުމުކަމަށާއި، އެހެންކަމުން މިގުޅުމުގެ ސަބަބުން ބައިނަލްއަޤްވާމީ މައްސަލަތަކުގައި ދެޤައުމު ގުޅިގެން މަސައްކަތްކުރުމަށް މަގުފަހިވާނެކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.
ބުރުންޑީއާއެކު ސިޔާސީ ގުޅުން ޤާއިމްކުރުމާއެކު، ރާއްޖެއިން ރަސްމީގޮތުން ސިޔާސީ ގުޅުން ޤާއިމްކުރި ޤައުމުތަކުގެ ޢަދަދު ވަނީ 179 އަށް އަރާފައެވެ.
ބުރުންޑީއަކީ 11.89 މިލިއަން މީހުނގެ ޢާބާދީއެއް އޮންނަ އެފްރިކާ ބައްރުގެ ކަނޑުމަގުން ވަށައިގެން ބެދިފައި އޮންނަ ޤައުމެކެވެ. ސަރުކާރުން އަންނަނީ އެފްރިކާ ސަރަހައްދުގެ ޤައުމުތަކާއެކު ޤުޅުން ބަދަހިކުރަމުންނެވެ.

Warmest congratulations to the Minister of Foreign Affairs of #Burundi @AShingiro, on the formal establishment of diplomatic relations between🇲🇻and 🇧🇮
— Abdulla Shahid (@abdulla_shahid) January 20, 2022
Look forward to working together for more fruitful cooperation in both bilateral and multilateral areas. pic.twitter.com/eMnNBnyYWK
ފޮރިން މިނިސްޓްރީން ބުނީ، ރާއްޖެއާއި މެދު އޮންނަ ގުޅުމަށް އިހްތިރާމްކުރާ އަދި އެކަމުގެ އަގު ވަޒަންކުރާ ގައުމުތަކާއެކު އޮންނަ ގުޅުން ބަދަހިކުރުމަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގެ ޚާރިޖީ ސިޔާސަތުގައި އެންމެ އިސްކަންދޭ އެއް ކަންތައްކަމަށެވެ. ރާއްޖެއާއި ބުރުންޑީއަކީ ބައިނަލްއަޤްވާމީ މައްސަލަތަކުގައި ޚިޔާލު އެއްގޮތް ދެ ޤައުމުކަމަށާއި، އެހެންކަމުން މިގުޅުމުގެ ސަބަބުން ބައިނަލްއަޤްވާމީ މައްސަލަތަކުގައި ދެޤައުމު ގުޅިގެން މަސައްކަތްކުރުމަށް މަގުފަހިވާނެކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.
ބުރުންޑީއާއެކު ސިޔާސީ ގުޅުން ޤާއިމްކުރުމާއެކު، ރާއްޖެއިން ރަސްމީގޮތުން ސިޔާސީ ގުޅުން ޤާއިމްކުރި ޤައުމުތަކުގެ ޢަދަދު ވަނީ 179 އަށް އަރާފައެވެ.
ބުރުންޑީއަކީ 11.89 މިލިއަން މީހުނގެ ޢާބާދީއެއް އޮންނަ އެފްރިކާ ބައްރުގެ ކަނޑުމަގުން ވަށައިގެން ބެދިފައި އޮންނަ ޤައުމެކެވެ. ސަރުކާރުން އަންނަނީ އެފްރިކާ ސަރަހައްދުގެ ޤައުމުތަކާއެކު ޤުޅުން ބަދަހިކުރަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު