އޮލިމްޕިކް ސުލްހައިގެ އެއްބަސްވުން ނެގެހެއްޓުމަށް އ.ދ.ގެ ޢާންމު މަޖިލީހުގެ ރައީސް ޢަބްދުالله ޝާހިދު އ.ދ.ގެ މެންބަރު ޤައުމުތަކަށް ކުރެއްވި އިލްތިމާސަށް އިންޓަރނޭޝަނަލް އޮލިމްޕިކް ކޮމިޓީ،، އޯއައިސީން މަރުހަބާ ކިޔައިފިއެވެ.
އ.ދ.ގެ ޢާންމު މަޖިލީހުގެ ރައީސް ޢަބްދުالله ޝާހިދު މި އިލްތިމާސް ކުރައްވާފައި ވަނީ މިދިޔަ އަހަރު ޑިސެމްބަރުގައި އާންމު މަޖިލީހުން ފާސްކުރި ގަރާރަކާއި ގުޅިގެންނެވެ. މި ގަރާރުގައި އޮލިމްޕިކް ސުލްހައިގެ އެއްބަސްވުމަށް އިހުތިރާމް ކުރުމަށް ގޮވާލާފައިވަނީ 27 ޖަނަވަރީ އިން 20 މާރިޗު 2022 އަށެވެ. އެއީ އޮލިމްޕިކް ވިންޓަރ ގޭމްސް ފެށުމުގެ ހަތް ދުވަސް ކުރިން ފެށިގެން، ޕެރަލިމްޕިކް ގޭމްސަށް ފަހު ހަތް ދުވަސް ހަމަވަންދެންނެވެ.
"އޮލިމްޕިކް މޫވްމަންޓުން އެދެނީ ކުޅިވަރުގެ ތައުލީމީ އަގުން، މުޅި އިންސާނިއްޔަތަށް ހާއްސަކޮށް ޒުވާނުންނަށް ސުލްހަވެރި މުސްތަގުބަލެއް ހޯދައިދިނުމަށް." ޝާހިދުގެ އިލްތިމާސްގައި އެދިވަޑައިގެންނެވިއެވެ.
މި ގޭމްސްގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތުލީޓުން އެއްތަނަކަށް ޖަމާވެ، ބައިނަލްއަގްވާމީ ކުޅިވަރު މުބާރާތްތަކުގެ އެންމެ ބޮޑު ކުޅިވަރު މުބާރާތްތަކުގައި ބައިވެރިވާ އެތުލީޓުންނަކީ ސުލްހައާއި، އެއްބަޔަކު އަނެއްބަޔަކާ ދެމެދު އޮންނަ ގުޅުމާއި، އިތުބާރާއި، ހެޔޮއުޅުމަށާއި، އެއްބައިވަންތަކަން ކުރިއެރުވުމަށް މަގުފަހިކޮށްދޭނެ ވަސީލަތަކަށް ވާނޭ ކަމަށާއި، އަދި މިކަންތައްތަކަކީ އ.ދ.ގެ ފައުންޑިންގ ވެލިއުސްގެ ތެރޭގައިވެސް ހިމެނޭ ލަނޑުދަނޑިތަކެއް ކަމަށް ރައީސް ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ގެ އެދިވަޑައިގެންނެވުމުގައި، ކުޅިވަރާއި އޮލިމްޕިކްގެ ޒަރީޢާއިން ޞުލްޙައާއި އިންސާނުންގެ ވިސްނުމާއި ފިކުރު ކުރިއެރުވުމަށް އޮލިމްޕިކް އަދި ޕެރަލިމްޕިކް އެތުލީޓުންގެ ލީޑަރޝިޕުން ކުރާ މަސައްކަތަށް މަރުހަބާ ވިދާޅުވެފައި ވެއެވެ. އަދި ޞުލްޙައާއި ހަމަނުޖެހުން ޙައްލުކުރުމަށާއި، ކުޅިވަރުގެ ޒަރީޢާއިން އޮލިމްޕިކް އަދި ޕެރަލިމްޕިކް ވެލިއުސް ކުރިއެރުވުމަށް ޤައުމީ އަދި ބައިނަލްއަޤްވާމީ ޕްރޮގްރާމްތައް އެކުލަވާލުމަށް އ.ދ.ގެ އެކި ޤައުމުތަކުން ދެއްވާ އަހަންމިއްޔަތަށްވެސް އެމަނިކުފާނު މަރުހަބާ ވިދާޅުވިއެވެ.
މި އެދިވަޑައިގެންނެވުމުގައި، އދގެ އާންމު މަޖިލީހުގެ 76 ވަނަ ރައީސްގެ ހައިސިއްޔަތުން، އޮލިމްޕިކް ސުލްހައިގެ އެއްބަސްވުމަށް ދޭ އަހައްމިއްޔަތުކަން ދައްކައިދިނުމަށާއި، މި އެއްބަސްވުމުގެ މައްޗަށް ބިނާކޮށް ޞުލްޙައާއި އަމާންކަމުގެ ޘަޤާފަތެއް ކުރިއެރުވުމަށާއި، އަދި އެ ޘަޤާފަތް އިތުރަށް ހަރުދަނާ ކުރުމަށް، ޤައުމީ، ސަރަޙައްދީ އަދި ދުނިޔޭގެ ފެންވަރުގައި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށްވެސް އެދިވަޑައިގެންނެވިއެވެ.
އާންމު މަޖިލީހުގެ ރައީސް އިތުރަށް ގޮވާލައްވާފައި ވަނީ، ގަދީމީ ޒަމާނުގައި އަސްލު އޮލިމްޕިކް ޓްރޫސްގައި ހިމެނިފައިވާ ކަންކަމަށް ރިޢާޔަތްކޮށް ފާސްކޮށްފައިވާ ސުލްހައިގެ ޤަރާރު 13/76 ގައި ބަޔާންކޮށްފައިވާ ފަދައިން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަތިޔާރާއިއެކު މިހާރު ހިނގަމުންދާ ހަނގުރާމަތަކުގައި ބައިވެރިވާ ހުރިހާ ފަރާތްތަކަކުންވެސް އޮލިމްޕިކް ޓްރޫސްގައި ވާ މުއްދަތަށް ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމަށާއި، ޞުލްޙަވެރިކަމާއެކު މައްސަލަ ޙައްލުކުރުމުގެ ފުރުޞަތު ފަހިކޮށްދެއްވުމަށެވެ.
އައިއޯސީގެ ރައީސް ތޯމަސް ބެޗް ވިދާޅުވީ އދގެ އާންމު މަޖިލީހުގެ ރައީސް އަބްދުالله ޝާހިދުގެ މި އިލްތިމާސަށް އައިއޯސީން ވަރަށް ބޮޑަށް މަރުހަބާ ކިޔާކަމަށެވެ. އަދި މި އެދިވަޑައިގެންނެވުމުގެ ނަތީޖާއެއްގޮތުން، އ.ދ.ގެ މެންބަރު 193 ޤައުމުގެ އިއްތިފާޤުން ފާސްކުރި އޮލިމްޕިކް ސުލްހައިގެ ޤަރާރުގެ މެސެޖް އިތުރަށް ވަރުގަދަވެގެން ހިނގައްޖެ ކަމުގައި ތޯމަސް ވިދާޅުވިއެވެ. އަދި މިއަދުގެ މި އިލްތިމާސާއިއެކު، އޮލިމްޕިކް ގޭމްސްއާއި، އައި.އޯ.ސީން ގެންގުޅޭ ސިޔާސީ ހަމަހަމަކަމަށް އ.ދ.އިން ތާއީދުކުރާކަން ހާމަވާކަމަށް ވެސް ތޯމަސް ވިދާޅުވިއެވެ.
އޮލިމްޕިކް ގޭމްސްގެ މިޝަންއަށް އދގެ މެމްބަރު ގައުމުތަކުން ތާއީދުކުރަނީ، ސުލްހަވެރި އަދި އިހްތިރާމް ލިބިގެންވާ މުބާރާތެއްގައި، އެއްވެސް ތަފާތުކުރުމެއްނެތި، ދުނިޔޭގެ އެންމެ މޮޅު ފިނި މޫސުމުގެ ކުޅިވަރު އެތުލީޓުން އެއްބައިވަންތަ ކުރުމަށް ކަމަށްވެސް ވިދާޅުވިއެވެ. އަދި ތަފާތުކަން ބޮޑު ދުނިޔޭގައި އަޅުގަނޑުމެންގެ އެއްބައިވަންތަކަން އިހުނަށްވުރެ މުހިންމު ވެފައިވާކަމަށް ތޯމަސް އިތުރަށް ވިދާޅުވިއެވެ.
"ކުޅިވަރާއި އޮލިމްޕިކްގެ ޒަރިއްޔާއިން ޞުލްޙަވެރި އަދި ރަނގަޅު ދުނިޔެއެއް ބިނާކުރުމުގެ" ނަމުގައި އޮލިމްޕިކް ސުލްހައިގެ ޤަރާރު ފާސްކޮށްފައިވަނީ 193 މެންބަރު ޤައުމުގެ އިއްތިފާޤުންނެވެ. މިކަމުން ދައްކުވައިދެނީ ކުޅިވަރުގެ ބާރުވެރިކަން އދ.ގެ ބައިނަލްއަގްވާމީ މުޖުތަމައުން ބަލައިގަނެ، ސުލްހަވެރި ވާދަވެރިކަމުގައި ދުނިޔެ އެއްގަލަކަށް އަރުވައި، ރަނގަޅު މުސްތަގުބަލެއް ގެނެވޭނެ ކަމުގެ އުންމީދު އާކޮށްދިނުމުގައި އޮލިމްޕިކް ގޭމްސް ކުޅޭ ދައުރެވެ.
އޮލިމްޕިކް ސުލްހައިގެ ސަގާފަތް – "އެކެޝެއިރިއާ" ގެ ތެރޭގައި ހުރިހާ ހަނގުރާމައެއް ހުއްޓުމަކަށް ގެނައުމާއި، އޮލިމްޕިކް ގޭމްސްގައި ބައިވެރިވާ އެތުލީޓުންނާއި ބަލަން ދާ މީހުން ރައްކާތެރިކަމާއެކު ދަތުރުކުރުމާއި ބައިވެރިވުމުގެ ފުރުސަތު ދިނުން ހިމެނެއެވެ. މި ޤަރާރުގައި ތަކުރާރުކޮށް ބުނެފައިވަނީ، ސުލްހައާއި، އެއްބައިވަންތަކަމާއި، އިޙްތިރާމްގެ އޮލިމްޕިކް ވެލިއުސްތަކަކީ، މީގެ 3000 އަހަރު ކުރިން ގްރީސްގައި އެންމެ ފުރަތަމަ އޮލިމްޕިކް ގޭމްސް އެއް ހިނގި އިރު އިންސާނިއްޔަތަށް ބޭނުންވި މުހިންމުވި ހަމަތަކެއް ކަމަށާއި، އެ ހަމަތައް ޚުދު މިއަދުވެސް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ބޭނުންވާކަމަށެވެ.
އޮލިމްޕިކް ސުލްހައިގެ އެއްބަސްވުމުގެ ތެރެއިން އައިއޯސީއިން ހާސިލްކުރަން ބޭނުންވާ، މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި، އޮލިމްޕިކް އައިޑިއަލް ކުރިއެރުވުމަށް ޓަކައި ޒުވާނުން އެއްތަނަކަށް ޖަމާކުރުމާއި، ހަމަނުޖެހުން އުފެދޭ މުޖުތަމަޢުތަކުގެ މެދުގައި ވުޅުންބަދަހި ކުރުމަށް އެހީތެރިވެދިނުމުގެ ގޮތުން ކުޅިވަރު ބޭނުންކުރުމާއި، ޢާންމު ގޮތެއްގައި، މަޝްވަރާއާއި މަޞްލަޙަތު ކުރިއެރުވުމަށް ފުރްޞަތު ގެ ދޮރު ހުޅުވައި ދިނުންވެސް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު