ކޮވިޑް-19އާ ގުޅިގެން ހަތް ރަށެއް މިއަދު ބަންދުކޮށް މޮނިޓަރިން ހާލަތަށް ގެނެސްފިއެެވެ.

އެޗްއީއޯސީން މިއަދު ހަވީރު ވަނީ މޮނިޓަރިންނަށްލީ ރަށްތަށް އާންމުކޮށްފައެެވެ. މިއަދު ބަންދު ކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ ބ. ގޮއިދޫ، ޅ. ކުރެންދޫ، ހދ. ކުޅުދުއްފުށި، ލ. ދަނބިދޫ، ލ. ހިތަދޫ އަދި ށ. ކަނޑިތީމާއި ވ. ކެޔޮދޫ އެެވެ.

މި ރަށްތަކާއެކު ރާއްޖޭގައި ކޮވިޑާއި ގުޅިގެން ބަންދުކޮށްފައިވާ ރަށްތަކުގެ އަދަދު މިހާރު 23 އަށް ވަނީ އަރާފައެެވެ.

ރާއްޖެއިން ކޮވިޑްގެ އާ ވޭރިއެންޓް، އޮމިކްރޮން ފެނުނު ފަހުން މާލެއާއި އަތޮޅުތެރެއިން ބަލި ޖެހޭ މީހުންގެ އަދަދު ވަނީ ބޮޑުތަނުން އިތުރުވެފައެވެ. ކޮވިޑްޖެހިގެން 49 މީހަކަށް ފެސިލިޓީ ތަކުގައި ފަރުވާ ދެމުންދާއިރު ބަލިޖެހިގެން ނިޔާވި މީހުންގެ އަދަދު ވަނީ 269 އަށް އަރާފައެވެ.



ކިޔުންތެރިންގެ ހިޔާލު