ކޮވިޑަށް ޕޮޒިޓިވްވެފައިވާ ރައީސް އިބްރާހިމް މުޙައްމަދު ސާލިޙަށް އަވަސް ޝިފާއަކަށް އެދިވަޑައިގެން އިންޑިޔާ ބޮޑުވަޒީރު ނަރެންދުރަ މޯދީ މެސެޖެއް ފޮނުއްވައިފިއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން، އެމަނިކުފާނަށް އަވަސް ޝިފާއަކަށް އެދިވަޑައިގެން މޯދީ ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ކޮވިޑާ ގުޅިގެން ދިމާވެފައިވާ ގޮންޖެހުންތަކުން ކާމިޔާބުކަމާއެކު އަރައިގަތުމުގައި، އިންޑިއާގެ ހެޔޮއެދުންތައް ވަނީ ރާއްޖޭގެ ރައްޔިތުންނާ އެކުގައި ކަމަށެވެ. ހަމައެހެންމެ މި މަސައްކަތުގައި ކުރިއަށް އޮތް ތަނުގައި ވެސް އިންޑިއާގެ އެހީތެރިކަމާއި އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީންކަން މޯދީ ވަނީ ދެއްވާފައެެވެ.
ކޮވިޑަށް ޕޮޒިޓިވްވިކަން ރައީސް ސޯލިހް އިއުލާންކުރެއްވީ މިއަދު މެންދުރު ފަހުގެ ވަގުތެއްގައެެވެ. ރައީސް ސާލިޙު ވިދާޅުވީ އެމަނިކުފާނު ކޮވިޑް-19 އަށް ޕޮޒިޓިވްކަން އެނގިވަޑައިގެންނެވީ އަތޮޅުތެރެއަށް ދަތުރުފުޅެއް ކުރެއްވުމަށް ރޭގައި ޕީސީއާރް ހެއްދެވުމުންކަމަށެވެ. ރައީސް ޞާލިޙް ވިދާޅުވީ ކޯވިޑަށް ޕޮޒިޓިވްވުމުން މިވަގުތު ހުންނެވީ ގެކޮޅުގައި އެކަހެރިވެވަޑައިގެން ކަމަށެވެ.
ރައީސް ސާލިހު ކޯވިޑަށް ޕޮޒިޓިވްވެފައިވާއިރު، އެމަނިކުފާނު ފޯކައިދޫއަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު އެ ރަށަށް ވަޑައިގަތުމަށް އޮތީ ހަމަޖެހިފައެވެ. މީގެ ކުރިން ރައީސްގެ އަނބިކަބަލުން ފަސްޓްލޭޑީ މެޑަމް ފަޒްނާ އަހުމަދުވެސް ކޮވިޑަށް ޕޮޒިޓިވްވެ ފަރުވާ ވެސް ވަނީ ހޯއްދަވާފައެވެ.
ރާއްޖެއިން ކޮވިޑާ ދެކޮޅަށް ކުރަމުން އަންނަ މަސައްކަތްތަކުގައި އިންޑިޔާއިން ވަނީ ދީލަތި އެހީތަކެއް ފޯރުކޮށްދީފައެވެ. އެގޮތުން އިންޑިއާއިން ރާއްޖެއަށް ކޮވިޑް-19 ވެކްސިން ވެސް ފޯރުކޮށްދީފައިވާއިރު ރާއްޖޭގައި ވެކްސިން ޖަހަން ފެށީ އިންޑިއާ ސަރުކާރުން ހަދިޔާކުރި ކޮވިޝީލްޑުގެ 100،000 ޑޯޒުން ކަން ފާހަގަކޮށްލެވެއެވެ.

Dear President @ibusolih,
— Narendra Modi (@narendramodi) January 22, 2022
Hoping for your speedy recovery and good health.
Our best wishes are with you and the people of Maldives in successfully overcoming the challenges of COVID. India will continue to extend full support to your efforts. https://t.co/xjbu1wHzdZ
ކޮވިޑަށް ޕޮޒިޓިވްވިކަން ރައީސް ސޯލިހް އިއުލާންކުރެއްވީ މިއަދު މެންދުރު ފަހުގެ ވަގުތެއްގައެެވެ. ރައީސް ސާލިޙު ވިދާޅުވީ އެމަނިކުފާނު ކޮވިޑް-19 އަށް ޕޮޒިޓިވްކަން އެނގިވަޑައިގެންނެވީ އަތޮޅުތެރެއަށް ދަތުރުފުޅެއް ކުރެއްވުމަށް ރޭގައި ޕީސީއާރް ހެއްދެވުމުންކަމަށެވެ. ރައީސް ޞާލިޙް ވިދާޅުވީ ކޯވިޑަށް ޕޮޒިޓިވްވުމުން މިވަގުތު ހުންނެވީ ގެކޮޅުގައި އެކަހެރިވެވަޑައިގެން ކަމަށެވެ.
ރައީސް ސާލިހު ކޯވިޑަށް ޕޮޒިޓިވްވެފައިވާއިރު، އެމަނިކުފާނު ފޯކައިދޫއަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު އެ ރަށަށް ވަޑައިގަތުމަށް އޮތީ ހަމަޖެހިފައެވެ. މީގެ ކުރިން ރައީސްގެ އަނބިކަބަލުން ފަސްޓްލޭޑީ މެޑަމް ފަޒްނާ އަހުމަދުވެސް ކޮވިޑަށް ޕޮޒިޓިވްވެ ފަރުވާ ވެސް ވަނީ ހޯއްދަވާފައެވެ.
ރާއްޖެއިން ކޮވިޑާ ދެކޮޅަށް ކުރަމުން އަންނަ މަސައްކަތްތަކުގައި އިންޑިޔާއިން ވަނީ ދީލަތި އެހީތަކެއް ފޯރުކޮށްދީފައެވެ. އެގޮތުން އިންޑިއާއިން ރާއްޖެއަށް ކޮވިޑް-19 ވެކްސިން ވެސް ފޯރުކޮށްދީފައިވާއިރު ރާއްޖޭގައި ވެކްސިން ޖަހަން ފެށީ އިންޑިއާ ސަރުކާރުން ހަދިޔާކުރި ކޮވިޝީލްޑުގެ 100،000 ޑޯޒުން ކަން ފާހަގަކޮށްލެވެއެވެ.
ކިޔުންތެރިންގެ ހިޔާލު