ގައުމުތަކުގެ މިނިވަންކަމާއި އިސްތިގުލާލް ގެއްލެނީ ބޮޑެތި ބާރުތަކާއި ނަފުރަތު އުފެއްދުމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދުގެ ކެމްޕޭން ޖަލްސާގައި މިރޭ ވާހަކަފުޅު ދައްކަވަމުންނެެވެ.
މިޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ރާއްޖޭގައި ތިބި އިންޑިޔާ ސިފައިން ބޭލުމަށް ގޮވާލައި ރައީސް އަބުދުﷲ ޔާމިން އިސްވެ ހިންގަވާ ހަރަކާތްތަކަކީ ވަރަށް ނުރައްކާތެރި ކަންތައްތަކެއް ކަމަށެވެ. ރައީސް ޔާމިން ކުރައްވާ މަސައްކަތަކީ ދުނިޔޭގެ ބޮޑު ބާރެއްގެ ގޮތުގައި ފާހަގަވަމުން އަންނަ އަވައްޓެރި ގައުމަކާއި އެގައުމުގެ ރައްޔިތުންނާއި ރާއްޖޭގެ ރައްޔިތުންނާއި މޫނު ކެނޑޭގޮތް ހަދައި ދެބަސްވާގޮތް ހެދުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
"އޭގެ ނުރައްކާތެރިކަން އިންސާނީ ތަޖުރިބާ ގައުމުތަކުގެ ހަޔާތުން އަޅުގަނޑުމެންނަށް ފެނިފައި އެބަހުރި ގައުމުތަކުގެ އިސްތިގުލާލް ގައުމުތަކުގެ މިނިވަންކަން ގެއްލިމިދަނީ ބޮޑެތި ބާރުތަކާއި ނަފުރަތު އުފެއްދުމުގައި. އެއްގޮތަކަށްވެސް އެބާވަތުގެ ކަމެއްގެ ތެރެއަށް މިރާއްޖޭގެ ރައްޔިތުން ވެއްޓި ނުގަންނާނެ ކަމީ އަޅުގަނޑުގެ ހިތުގައި ޝައްކު ހިނގާ ކަމެެއް ނޫން." ރައީސް ނަޝީދު ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ ރަށްރަށަށް ދިރުން ގެނައުމުގެ ވިސްނުން އޮތީ އެމްޑީޕީގައި އެކަނި ކަމަށެވެ. އެމްޑީޕީ އަދި އިތުރު 10 އަހަރު ރާއްޖޭގެ ވެރިކަމުގައި އޮންނަންޖެހޭ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
"،ސަރުކާރުގައި، ދިވެހި ރައްޔިތުންގެ ޑެމޮރެޓިކް ޕާޓީ، ވެރިކަމުގައި، 10 އަހަރު އޮންނަން އެބަ ޖެހޭ، ރާއްޖެ ބަދަލުވުމަށް، އަޅުގަނޑުމެންގެ ސިޔާސަތުތައް ތަންފީޒުކޮށް ހިންގަން ޖެހޭ،" ރައީސް ނަޝީދު ވިދާޅުވިއެވެ.
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ފެބުރުއަރީ މަހުގެ ފަސްވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު