ކޯވިޑް ޖެހިގެން އިތުރު މީހަކު ރާއްޖެއިން ނިޔާވެއްޖެއެވެ.

އެޗްޕީއޭއިން ބުނީ ރޭ ފަތިހު ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ އުމުރުން 42 އަހަރުގެ އަންހެނަކު ނިޔާވެފައިވާކަމަށެވެ. އަދި އޭނާ ނިޔާވީ ރޭ ދަންވަރު 3:01 ގައިކަމަށް އެޗްޕީއޭއިން ބުނެއެވެ.

މިއީ ރާއްޖެއިން ކޯވިޑް ޖެހިގެން ނިޔާވި 270 ވަނަ މީހާއެވެ.



ރާއްޖެއިން އިއްޔެވެސް ވަނީ 2349 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

އިއްޔެ ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ ގްރޭޓަރ މާލެ ސަރަހައްދުން ޕޮޒިޓިވްވި 1325 މީހަކާއި އެހެނިހެން ސަރަހައްދު ތަކުން ޕޮޒިޓިވްވި 1024 މީހުންނެވެ. މީގެ ތެރޭގައި ރިސޯޓުތަކުން ޕޮޒިޓިވްވި 54 މީހުންނާއި، އަތޮޅުތެރޭގެ ރަށްތަކުން ޕޮޒިޓިވްވި 681 މީހަކު ހިމެނެއެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖެއިން ބަލިޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 114،977 އަށް އަރާފައެވެ. އަދި އެޗްޕީއޭ ގެ ތަފާސްހިސާބުން ދައްކާގޮތުން މިވަގުތު ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ގެންދަނީ 48 މީހުންނަށެވެ.



ކިޔުންތެރިންގެ ހިޔާލު