ރާއްޖޭގައި ކޯވިޑަށް މިވަގުތު ފަރުވާދޭ މީހުންގެ ތެރެއިން 4 މީހަކު އޮތީ ވެންޓިލޭޓަރުގައިކަމަށް އެޗްޕީއޭއިން ހާމަކޮށްފި އެވެ.
އެޗްޕީއޭއިން ބުނީ ކޯވިޑް ޖެހިގެން 4 މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، 7 މީހަކު އޮތީ އައިސީޔޫގައި ކަމަށެވެ. ކޯވިޑް ޖެހިގެން އައިސީޔޫގައި އަދި ވެންޓިލޭޓަރުގައި ގިނަ ބަޔަކަށް ފަރުވާދެމުންދާއިރު މިއީ މި ފަހުން މިހާ ގިނަ ބަޔަކަށް މިގޮތަށް ފަރުވާ ދޭން ޖެހުނު ފުރަތަމަ ފަހަރެވެ.
އައިސީޔޫއާއި ވެންޓިލޭޓަރުގެ އިތުރުން، ކޮވިޑް ޖެހިގެން 48 މީހަކަށް ދަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންނެވެ.
ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ މީހުންގެ އަދަދު އިތުރުވަމުންދާއިރު، ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދުވެސް އަންނަނީ ރެކޯޑް މިންވަރަކަށް އިތުރުވަމުންނެވެ. އެގޮތުން މިވަގުތުވެސް ކޯވިޑް ޖެހިގެން ފަރުވާ ހޯދަމުންދާ 13،035 މީހުން ރާއްޖޭގައި އެބަތިއްބެވެ. އަދި ކޮވިޑްގައި އިއްޔެ ހަތަރު މީހަކު، މިއަދުގެ މިހާތަނަށް އެކަކު ނިޔާވެފައިވާއިރު، ރާއްޖެއިން ކޯވިޑް ޖެހިގެން ނިޔާވި މީހުންގެ އަދަދު ވަނީ 270 އަށް އަރާފައެވެ.

ކިޔުންތެރިންގެ ހިޔާލު