ސްޓެލްކޯއިން ޤާއިމްކޮށްފައިވާ ގްރޭޓާ މާލެ އިންޓަކަނެކްޝަން ގްރިޑްގެ މެދުވެރިކޮށް ހުޅުލެއަށް ކަރަންޓުދޭން ފަށައިފިއެވެ.
ސްޓެލްކޯ އިން ބުނީ، މާލެއާއި، ހުޅުލެ އަދި ހުޅުމާލޭގެ ކަރަންޓު އެއް ވިއުގައަކުން ގުޅާލުމަށްޓަކައި ގާއިމް ކޮށްފައިވާ ގްރޭޓާމާލެ އިންޓަކަނެކްޝަން ގްރިޑްގެ ތެރެއަށް ހުޅެލޭގެ ގްރިޑް އިތުރު ކޮށްފައިވާކަމަށެވެ. މިމިއާއެކު އިންޓަކަނެކްޝަން މެދުވެރިކޮށް ހުޅުލެއަށް ކަރަންޓުދޭން ފަށާފައިކަމަށް ސްޓެލްކޯއިން ބުނެއެވެ.
ސްޓެލްކޯއިން ބުނީ ހުޅުލޭގެ ގްރިޑާއި އެކުންފުނީގެ ކަރަންޓުގެ ގްރިޑް ގުޅާލާފައިވަނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އާއި އެކު ހުޅުލެއަށް ކަރަންޓު ފޯރުވައިދިނުމަށް ވެފައިވާ އެއްބަސްވުމެއްގެ ދަށުންކަމަށެވެ. އަދި މި އެއްބަސްވުމުގައި ސޮއެކޮށްފައިވަނީ މި މަހުގެ 6 ވަނަ ދުވަހުކަމަށާއި ގްރޭޓާ މާލެ އިންޓަކަނެކްޝަން ގްރިޑަކީ ހަކަތައިގެ ސިނާއަތުގައި މިހާތަނަށް ރާއްޖޭގައި ހިންގާފައިވާ އެންމެ ބޮޑު އެއް ޕްރޮޖެކްޓްކަމަށް ސްޓެލްކޯއިން ބުނެއެވެ.
މި ޕްރޮޖެކްޓްގެ ދަށުން ވަނީ ރާއްޖޭގައި މިހާތަނަށް ބަހައްޓާފައިވާ އެންމެ ބޮޑެތި ޓްރާންސްފޯމަރުތައްވެސް ބަހައްޓާފައިކަމަށާއި އެގޮތުން މާލެ އާއި ހުޅުމާލޭގައި 95 އެމްވީއޭގެ ހަތަރު ޓްރާންސްފޯމަރު ބަހައްޓާފައިވާއިރު، ހުޅުލޭގައި 8 އެމްވީއޭގެ ދެ ޓްރާންސްފޯމަރު ވަނީ ބަހައްޓާފައިކަމަށް ސްޓެލްކޯއިން ބުނެއެވެ.
ރާއްޖޭގެ މައި އެއަރޕޯޓް ހިންގާ އެމްއޭސީއެލުން މީގެކުރިން ހުޅުލެއަށް ކަރަންޓް ފޯރުކޮށްދެމުން އައިސްފައިވަނީ އެރަށުގައި ޤާއިމްކޮށްފައިވާ އިންޖީނުގެއަކުންނެވެ. ނަމަވެސް ސްޓެލްކޯގެ އިންޓަކަނެކްޝަން ހުޅުލެއާއި ގުޅާލުމުން، ހުޅުލެއަށް ކަރަންޓް ފޯރުކޮށްދެމުން އަންނާނީ ސްޓެލްކޯއިންނެވެ.
އިންޓަރކަނެކްޝަން ގްރިޑް މެދުވެރިކޮށް މާލެއާއި ހުޅުމާލެވެސް މީގެކުރިން ވަނީ ގުޅާލާފައެވެ. މާލެއާއި ހުޅުލެ އަދި ހުޅުމާލޭގެ ކަރަންޓް ވިއުގާ ގުޅާލާފައިވާއިރު، މި 3 ސަރަޙައްދަށް ކަރަންޓް ފޯރުކޮށްދިނުމަށްޓަކާ މައި އިންޖީނުގެއެއްގެ ގޮތުގައި ބޭނުންކުރަނީ ފިފްތް ޕަވަރ ޕްރޮޖެކްޓްގެ ދަށުން ހުޅުމާލޭގައި ޤާއިމްކޮށްފައިވާ 50 މެގަވޮޓުގެ އައު އިންޖީނުގެއެވެ.
ގްރޭޓަރ މާލޭ ގްރިޑް ކަނެކްޝަނަކީ މާލެއާއި، ހުޅުމާލެ އަދި ހުޅުލޭގެ ކަރަންޓު ވިއުގަ 132 ކޭވީ ގެ 7 ކިލޯމީޓަރުގެ ދެ ސާރކިޓުން ގުޅާލާ މަޝްރޫޢެކެވެ. އަދި މި މަޝްރޫޢުގައި ހުޅުމާލެ އަދި މާލޭގައި 95 އެމްވީއޭގެ ޖުމްލަ 4 ޓްރާންސްފޯމަރާއި، އަދި ހުޅުލޭގައި 8 އެމްވީއޭގެ 2 ޓްރާންސްފޯމަރު ވަނީ ބަހައްޓާފައެވެ. މި ކަރަންޓު ވިއުގައިން ކޮންމެ ސާރކިޓަކުން 100 މެގަވޮޓްގެ ހަކަތަ ފޮނުވުމުގެ ގާބިލްކަން ލިބިގެންވެއެވެ.

މާލެއާއި، ހުޅުލެ އަދި ހުޅުމާލޭގެ ކަރަންޓު އެއް ވިއުގައަކުން ގުޅާލުމަށްޓަކައި ގާއިމް ކޮށްފައިވާ ގްރޭޓާމާލެ އިންޓަކަނެކްޝަން ގްރިޑްގެ ތެރެއަށް ހުކުރު ދުވަހުގެ ރޭ ވަނީ ހުޅެލޭގެ ގްރިޑް އިތުރު ކުރެވިފައި. މިއާއެކު އިންޓަކަނެކްޝަން މެދުވެރިކޮށް ހުޅުލެއަށް ކަރަންޓުދޭން ވަނީ ފެށިފައި. pic.twitter.com/6W3Mf4PKeb
— STELCO (@STELCOMALDIVES) January 23, 2022
މި ޕްރޮޖެކްޓްގެ ދަށުން ވަނީ ރާއްޖޭގައި މިހާތަނަށް ބަހައްޓާފައިވާ އެންމެ ބޮޑެތި ޓްރާންސްފޯމަރުތައްވެސް ބަހައްޓާފައިކަމަށާއި އެގޮތުން މާލެ އާއި ހުޅުމާލޭގައި 95 އެމްވީއޭގެ ހަތަރު ޓްރާންސްފޯމަރު ބަހައްޓާފައިވާއިރު، ހުޅުލޭގައި 8 އެމްވީއޭގެ ދެ ޓްރާންސްފޯމަރު ވަނީ ބަހައްޓާފައިކަމަށް ސްޓެލްކޯއިން ބުނެއެވެ.
ރާއްޖޭގެ މައި އެއަރޕޯޓް ހިންގާ އެމްއޭސީއެލުން މީގެކުރިން ހުޅުލެއަށް ކަރަންޓް ފޯރުކޮށްދެމުން އައިސްފައިވަނީ އެރަށުގައި ޤާއިމްކޮށްފައިވާ އިންޖީނުގެއަކުންނެވެ. ނަމަވެސް ސްޓެލްކޯގެ އިންޓަކަނެކްޝަން ހުޅުލެއާއި ގުޅާލުމުން، ހުޅުލެއަށް ކަރަންޓް ފޯރުކޮށްދެމުން އަންނާނީ ސްޓެލްކޯއިންނެވެ.
އިންޓަރކަނެކްޝަން ގްރިޑް މެދުވެރިކޮށް މާލެއާއި ހުޅުމާލެވެސް މީގެކުރިން ވަނީ ގުޅާލާފައެވެ. މާލެއާއި ހުޅުލެ އަދި ހުޅުމާލޭގެ ކަރަންޓް ވިއުގާ ގުޅާލާފައިވާއިރު، މި 3 ސަރަޙައްދަށް ކަރަންޓް ފޯރުކޮށްދިނުމަށްޓަކާ މައި އިންޖީނުގެއެއްގެ ގޮތުގައި ބޭނުންކުރަނީ ފިފްތް ޕަވަރ ޕްރޮޖެކްޓްގެ ދަށުން ހުޅުމާލޭގައި ޤާއިމްކޮށްފައިވާ 50 މެގަވޮޓުގެ އައު އިންޖީނުގެއެވެ.
ގްރޭޓަރ މާލޭ ގްރިޑް ކަނެކްޝަނަކީ މާލެއާއި، ހުޅުމާލެ އަދި ހުޅުލޭގެ ކަރަންޓު ވިއުގަ 132 ކޭވީ ގެ 7 ކިލޯމީޓަރުގެ ދެ ސާރކިޓުން ގުޅާލާ މަޝްރޫޢެކެވެ. އަދި މި މަޝްރޫޢުގައި ހުޅުމާލެ އަދި މާލޭގައި 95 އެމްވީއޭގެ ޖުމްލަ 4 ޓްރާންސްފޯމަރާއި، އަދި ހުޅުލޭގައި 8 އެމްވީއޭގެ 2 ޓްރާންސްފޯމަރު ވަނީ ބަހައްޓާފައެވެ. މި ކަރަންޓު ވިއުގައިން ކޮންމެ ސާރކިޓަކުން 100 މެގަވޮޓްގެ ހަކަތަ ފޮނުވުމުގެ ގާބިލްކަން ލިބިގެންވެއެވެ.
ކިޔުންތެރިންގެ ހިޔާލު