ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫނު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.
ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވީ، ކޮވިޑްގެ އަލާމަތްތައް ފެނިވަޑައިގެން ޓެސްޓުކުރެއްވުމުން ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. މި ވަގުތު ހުންނެވީ ގޭގައި އައިސޮލޭޝަންގައި ކަމަށް އެކަމަނާ ވިދާޅުވިއެވެ.
"އިންޝާﷲ އަދި ރަނގަޅު ވާނެ. އެކަމަކު އާއިލާއާއި މައިންބަފައިންނާ މެދު ކަންބޮޑުވޭ،" ޔުމްނާ ވިދާޅުވި އެވެ.
ކުރީގެ ރައީސް މައުމޫންގެ ދަރިކަބަލުން ޔުމްނާ މައުމޫން ވިދާޅުވީ ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުން އަދި ހައި ރިސްކު މީހުންނާ ހަމައަށް މި ވައިރަސް ދިޔަ ނުދިނުމަށް ކުރެވެން ހުރި ކަންކަން ކުރަން ޖެހޭ ކަމަށެވެ.
ޔުމްނާ ކޮވިޑަށް ޕޮޮޒިޓިވްވެފައިވާއިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް އިއްޔެ ކޮވިޑަށް ޕޮޒިޓިވްވެ މިހާރު ހުންނެވީ ކަރަންޓީނުގައެވެ.
ފަހަކަށް އައިސް ރާއްޖޭގައި ކޮވިޑު ޖެހޭ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެ ބަލީގެ ނުރައްކާ ބޮޑުވެފައެވެ.

Have tested positive for #Covid_19 and am isolating at home.Having fever,sore throat and body pain. 😞Insha Allah will get thru this. Worried for my parents, and family.We all need to do what we can prevent the virus getting to the elderly, children and high risk. #TogetherWeCan
— Yumna Maumoon 🇲🇻 🤝🇵🇸 (@yumna_maumoon) January 23, 2022
ކުރީގެ ރައީސް މައުމޫންގެ ދަރިކަބަލުން ޔުމްނާ މައުމޫން ވިދާޅުވީ ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުން އަދި ހައި ރިސްކު މީހުންނާ ހަމައަށް މި ވައިރަސް ދިޔަ ނުދިނުމަށް ކުރެވެން ހުރި ކަންކަން ކުރަން ޖެހޭ ކަމަށެވެ.
ޔުމްނާ ކޮވިޑަށް ޕޮޮޒިޓިވްވެފައިވާއިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް އިއްޔެ ކޮވިޑަށް ޕޮޒިޓިވްވެ މިހާރު ހުންނެވީ ކަރަންޓީނުގައެވެ.
ފަހަކަށް އައިސް ރާއްޖޭގައި ކޮވިޑު ޖެހޭ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެ ބަލީގެ ނުރައްކާ ބޮޑުވެފައެވެ.
ކިޔުންތެރިންގެ ހިޔާލު