ދީނީ އިލްމްވެރިޔާ އައްޝައިހް އަލީ ޒައިދު އަދާލަތު ޕާޓީގެ އިލްމްވެރިންގެ މަޖިލީހުގެ މެމްބަރު ކަމުން މިއަދު އިސްތިއުފާ ދެއްވައިފިއެވެ.
އަދާލަތު ޕާޓީގެ އިލްމްވެރިންގެ މަޖިލީހުގެ މެމްބަރު ޝެއިހް އަލީ ޒައިދު ވިދާޅުވީ އެޕާޓީގެ އިލްމްވެރިންގެ މަޖިލީހުގެ މެމްބަރު ކަމުން މިއަދުން ފެށިގެން އޭނާ އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.
"ޢިލްމުވެރިންގެ މަޖިލީހުގެ ރައީސާއި ނައިބު ރައީސާއި އެހެނިހެން ހުރިހާމެމްބަރުން އަޅުގަނޑާމެދު ޢަމަލުކޮށްދެއްވާފައިވާ ގާތްކަމާއި، އޯގާތެރިކަމަށްޓަކައި ޝުކުރުދަންނަވަމެވެ." އަދާލަތު ޕާޓީގެ އިލްމްވެރިންގެ މަޖިލީހުގެ މެމްބަރު ކަމުން އިސްތިއުފާ ދެއްވިކަން ހާމަކުރަށްވައި ޒައިދު ޝޯޝަލް މީޑިޔާގައި އާންމުކުރެއްވި މެސެޖެއްގައިވެއެވެ.
އަދާލަތު ޕާޓީގެ އިލްމްވެރިންގެ މަޖިލީހުގެ މެމްބަރު ކަމުން ޒައިދު އިސްތިއުފާ ދެއްވާފައިމިވަނީ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީގެ ކެންޑިޑޭޓް މުޙައްމަދު ރާޝިދަށް ތާއިދު ކުރުމަށް އެޕާޓީގެ މަޝްވަރާ މަޖިލީހުން ނިއްމައިފަައިވަނިކޮށެވެ. އޭގެ ކުރިން ޒައިދު ވަނީ އެމްޑީޕީގެ މެންބަރަށް ވޯޓު ނުދެއްވަން ގޮވާލާފައެވެ. އޭގެ އިތުރުން ސަރުކާރު ހިންގާ އެމްޑީޕީގެ ދީނީ ސިޔާސަތު ތަކަށް ޒައިދު ގެންދަވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.
އަދާލަތު ޕާޓީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެމްޑީޕީގެ ކެނޑިޑޭޓް ރާޝިދަށް ތާއީދު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު އެދިވަޑައިގެންފައިވާތީ ރާޝިދަށް ތާއީދު ކުރުމަށް އެޕާޓީގެ ތިން ވަނަ ދައުރުގެ 10 ވަނަ ޖަލްސާއިން ފާސްކޮށްފައިވާ ކަމަށެވެ. އަދި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ފަށާފައިވާ މަސައްކަތުގަައި ރައީސް އިބްރާހިމް މުޙައްމަދު ސޯލިހަށް އެހީތެރިވެ އެއްބާރުލުން ދިނުމަކީ ރައްޔިތުންގެ އެންމެ މަތީ މަސްލަހަތު މިވަގުތަށް އޮތްގޮތް ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
މޫނުބުރުގާ އަޅައިގެން ކިޔަވައިދިނުމުގެ މައްސަލައިގައި ސަރުކާރުން ގެންގުޅޭ ސިޔާސަތާމެދު ވެސް ޒައިދު ވަނީ ވަރަށްބޮޑަށް ފާޑު ވިދާޅުވެފަ އެެވެ.
ޝައިޚް ޒައިދު ވިދާޅުވީ ތަޢުލީމީ ވުޒާރާއިން ތަންފީޒުކުރަން އުޅެނީ އެމްޑީއެންގެ ރިޕޯޓްކަމަށެވެ. އަދި މޫނު ބުރުގާ މައްސަލަފަދަ ދީނާ ގުޅުންހުރި އެކިއެކި މައްސަލަތަކުގައި އެޑިއުކޭޝަނުން ގެންގުޅޭ ދެކޮޅު ނުޖެހޭ ތަފާތުކުރުންތައް ހައްދުފަހަނައަޅާގޮސްފައިވާ ކަމަށް ޒައިދު ވިދާޅުވިއެވެ.
"ކޮމަންޑޫ ދާއިރާ އެމްޑީޕީއަށް ނުދޭން އެ ދާއިރާގެ ލޮބުވެތި ރައްޔިތުންގެ ކިބައިން އިލްތިމާސްކުރަމެވެ." ޝައިޚް ޒައިދު ވިދާޅުވިއެެވެ.
އަދާލަތުގެ އިތުރުން ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމުހޫރީ ޕާޓީން ވެސް ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގަައި އެމްޑީޕީގެ ކެންޑިޑޭޓް ރާޝިދަށް ތާއިދު ކުރުމަށް ވަނީ ނިއްމާފައެވެ.

ކިޔުންތެރިންގެ ހިޔާލު