ރައްޔިތުން ތަނަވަސްވެއްޖެ ކަމަށާއި އެހެން ނަމަވެސް ގެންނަން ބޭނުންވާ "ޖަންޕެއް" އަދި ނުޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ އެމްޑީޕީ ކެންޑިޑޭޓް މުހައްމަދު ރާޝިދަށް ތާއިދު ހޯއްދެވުމަށް ކުރައްވާ ކެމްޕޭން ދަތުރުފުޅުގައި މިއަދު މެންދުރުފަހު މަރޮއްޓަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެެވެ.
މިޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، އެމްޑީޕީގެ ސިޔާސަތުތަކުން ރައްޔިތުން ތަނަވަސްވެފައިވާ ކަމަށާއި، ރައްޔިތުންނަށް ލިބޭ އާމްދަނީ އިތުރުވެފައިވާ ކަމަށެވެ. އެހެން ނަމަވެސް ޖަހަން ބޭނުންވާ ބޮޑު ޖަންޕު ޖަހާތަން ފެނިވަޑައި ނުގަންނަވާ ކަމަށާއި އެއީ ޖީލެއްގެ މަސައްކަތް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
"ބޮޑު ބަދަލު އަންނަތަނެއް އަދި ނުފެނޭ، ހާސްކަމެއް އަދި ނުކެނޑޭ. ކޮޓަރި ކުލި ފޯނު ބިލް ފެން ބިލް، ކަރަންޓް ބިލް، ކުރަން ހުރި ހަރަދު އިންތިހާ. ލިބެންޖެހޭ އާމްދަނީ އެބަ އިތުރުވާންޖެހޭ." ރައީސް ނަޝީދު ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ހުރިހާ ސިޔާސަތެއް ބިނާވަނީ ރައްޔިތުންގެ އާމްދަނީ އިތުރު ކުރުމަށް ކަމަށެވެ. ރައީސް ސޯލިހްގެ ސަރުކާރުގެ މިދިޔަ ތިން އަހަރުގެ ތެރޭގައި ރާއްޖޭގެ ކޮންމެ ރަށެއްގައި އެތައް ގިނަގުނަ މަޝްރޫއެއް ހިންގާފައިވާއިރު އެއީ ވަރަށް ބޮޑު އުފަލެއް ކަމަށާއި ލިބިވަޑައިގަންނަވާ ހިތްހަމަޖެހުމެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު އިތުރަށް ވިދާޅުވީ ކޮމަންޑޫ ދާއިރާގެ ގޮނޑި އެމްޑީޕީން ބޮޑުތަނުން ނަގާނެ ކަމަށާއި އެކަމާ މެދު ޝައްކު ނުކުރައްވާ ކަމަށެވެ.
"ރާޝިދަށް ވޯޓެއް އަޅުގަނޑުމެން ބޭނުން އެއީ ތިލަަފަތަށް ޖަހާ ވޯޓެއް، އެއީ މިފިކުރަށް ކުރަން މިއުޅޭ މަސައްކަތަށް ތިބޭފުޅުން ވާ ބައިވެރިވުމެއް، މި ވޯޓް އިރާދަކުރެއްވިޔާ ބޮޑުކޮށް ނަގާނެ އެއީ އަޅުގަނޑުގެ ހިތުގައި ޝައްކު ހިނގާ ކަމެއް ނޫން. އަޅުގަނޑުމެންނަށް މިކަން ކުރެވޭނެ، އަދި މިކަން ކުރާން ދަންނަމު." އެމްޑީޕީގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވިއެވެ.

ޕާޓީގެ ރައީސް، ރައީސް @MohamedNasheed އާއި ޕާޓީގެ އިސް ބޭފުޅުންގެ ޓީމްގެ ބޭފުޅުން ރައްޔިތުން މަޖިލިސް ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން އެމްޑީޕީ ކެންޑިޑޭޓް @Rashid141221 ގެ ކެންޕެއިންއަށް މަރޮށްޓަށް ވަޑައިގަތުން #voteRashid#Agenda19 pic.twitter.com/MV6t76REcj
— MDP Secretariat (@MDPSecretariat) January 23, 2022
"ބޮޑު ބަދަލު އަންނަތަނެއް އަދި ނުފެނޭ، ހާސްކަމެއް އަދި ނުކެނޑޭ. ކޮޓަރި ކުލި ފޯނު ބިލް ފެން ބިލް، ކަރަންޓް ބިލް، ކުރަން ހުރި ހަރަދު އިންތިހާ. ލިބެންޖެހޭ އާމްދަނީ އެބަ އިތުރުވާންޖެހޭ." ރައީސް ނަޝީދު ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ހުރިހާ ސިޔާސަތެއް ބިނާވަނީ ރައްޔިތުންގެ އާމްދަނީ އިތުރު ކުރުމަށް ކަމަށެވެ. ރައީސް ސޯލިހްގެ ސަރުކާރުގެ މިދިޔަ ތިން އަހަރުގެ ތެރޭގައި ރާއްޖޭގެ ކޮންމެ ރަށެއްގައި އެތައް ގިނަގުނަ މަޝްރޫއެއް ހިންގާފައިވާއިރު އެއީ ވަރަށް ބޮޑު އުފަލެއް ކަމަށާއި ލިބިވަޑައިގަންނަވާ ހިތްހަމަޖެހުމެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު އިތުރަށް ވިދާޅުވީ ކޮމަންޑޫ ދާއިރާގެ ގޮނޑި އެމްޑީޕީން ބޮޑުތަނުން ނަގާނެ ކަމަށާއި އެކަމާ މެދު ޝައްކު ނުކުރައްވާ ކަމަށެވެ.
"ރާޝިދަށް ވޯޓެއް އަޅުގަނޑުމެން ބޭނުން އެއީ ތިލަަފަތަށް ޖަހާ ވޯޓެއް، އެއީ މިފިކުރަށް ކުރަން މިއުޅޭ މަސައްކަތަށް ތިބޭފުޅުން ވާ ބައިވެރިވުމެއް، މި ވޯޓް އިރާދަކުރެއްވިޔާ ބޮޑުކޮށް ނަގާނެ އެއީ އަޅުގަނޑުގެ ހިތުގައި ޝައްކު ހިނގާ ކަމެއް ނޫން. އަޅުގަނޑުމެންނަށް މިކަން ކުރެވޭނެ، އަދި މިކަން ކުރާން ދަންނަމު." އެމްޑީޕީގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު