ސައިކަލެއް މޫދަށް ވައްޓާލި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
ފުލުހުން މިއަދު ބުނީ ހުޅުމާލެ ހުޅަނގުފަރާތު ފަޅުތެރެއަށް ސައިކަލެއް ވައްޓާލި މައްސަލަ ފުލުހުންގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށެވެ. އަދި އެޗްޑީސީ އާއި ގުޅިގެން އެ ސައިކަލް މޫދުން ނެގުމުގެ މަސައްކަތް މެރިން ޕޮލިހުން މިހާރު ކުރަމުންދާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
ސޯޝަލްމީޑިއާގައި އާންމުވެފައިވާ ވީޑިއޯއެއްގައި ފެންނަނީ ސައިކަލެއްގައި ދުއްވާފައި ދިޔަ މީހަކު ސައިކަލުން ފައިބާ ފައިން ޖަހާ ސައިކަލް މޫދަށް ވައްޓާލާ މަންޒަރެވެ.
ފުލުހުންބުނީ އެމައްސަލަ އިތުރަށް ބަލަމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު