މާލޭގައި މިނީ ބަހުގެ ޚިދުމަތް ފެށުމަށް ބޭނުންވާ ބަޖެޓު ހަމަޖެހިފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ހާމަކޮށްފިއެވެ.
ރައީސް ޞާލިޙްގެ 100 ދުވަހުގެ ވަޢުދުގެ ތެރޭގައި ހިމެނޭ މިނީ ބަހުގެ ޚިދުމަތް ދިނުން އަދިވެސް ފެށިފައި ނުވާތީ އެކަމުގެ ކަންބޮޑުވުން މީގެކުރިން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވަނީ ފާޅުކުރަށްވާފައެވެ. ނަމަވެސް އޭރު މިނިސްޓަރ ނަހުލާ ވިދާޅުވީ އެކަމަށް ބޭނުންވާވަރަށް ބަޖެޓް ލިބިފައި ނުވާ ކަމަށެވެ.
ރާއްޖޭގެ ބައެއް މީޑިއާތަކަށް މަޢުލޫމާތު ދެއްވަމުން ޓްރާންސްޕޯޓް މިނިސްޓްރީގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވެފައިވަނީ މިނީ ބަހުގެ ޚިދުމަތް ފެށުމަށް ބޭނުންވާ ބަޖެޓު މިހާރު ހަމަޖެހިފައިވާކަމަށެވެ. އަދި މި މަސައްކަތް ފެށުމަށް އެންމެ އެކަށޭނަ ބަހެއް ދެނެގަތުމުގެ މަސައްކަތް އެމްޓީސީސީ އާއި ހަވާލުކޮށްފައިވާކަމަށްވެސް އޮފިޝަލް ވިދާޅުވެފައިވެއެވެ.
މާލޭގައި މިނީބަހުގެ ހިދުމަތް ދިނުން ލަސްވަނީ މާލޭގެ މަގުތަކަށް އެކަށޭނެ ގޮތަކަށް ކަސްޓަމައިޒް ކޮށްގެން ބަސްތައް ގެންނާތީ ކަމަށް ކުރިން މިނިސްޓަރު ނަހުލާ ވިދާޅުވިއެވެ. ނަމަވެސް މިއަދާ ހަމައަށްވެސް އެބަސްތައް ގެނެވިފައެއް ނުވެއެވެ.
އަންނައަހަރުގެ ބަޖެޓުގައި މިނީބަހުގެ ޚިދުމަތް ފެށުމަށް 16.9 މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު