ރާއްޖޭގައި ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް މިހާރު ފެތުރެމުންދަނީ އޮމިކްރޮންކަން ކޮންމެހެން އެގެން ނުޖެހޭ ކަމަށް އެޗްޕީއޭގެ އެޕިޑިމިއޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެެވެ.

އެޗްޕީއޭއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަަކަ ދައްކަވަމުން ޑރ. އިބްރާހީމް އަފްޒަލް ވިދާޅުވީ، ރާއްޖޭގައި ކޮވިޑު ކޮންޓްރޯލް ކުރުމަށް ފެތުރެމުންދަނީ އޮމިކޮރޮންކަން ކޮންމެހެން އެގެންނުޖެހޭ ކަމަށާއި، އެކަން އެނގުނު ނަމަވެސް ބައްޔަށް ދޭ ފަރުވާއަށް ބަދަލެއް ނާންނަ ކަމަށެވެ.

ޑރ. އަފްޒަލް ވިދާޅުވީ ކުރިއަށް އޮތްތާގައި ރާއްޖޭގައި އޮމިކްރޮން ޓެސްޓް ހެދޭނެ ނިޒާމް ގާއިމް ކުރާނެ ކަމަށާއި، އެކަމަށް މަސައްކަތްތަކެއް ކުރާނެ ކަމަށެވެ. ޓެސްޓް ނުކުރިއަސް ކޮވިޑު މިހާރު ފެތުރޭ ގޮތަށް ބަލާއިރު ފެތުރެނީ އޮމިކްރޮންކަން އެގޭ ކަމަށާއި ފިޔަވަޅުތައް އަޅަނީ އެކަމަށް ބަލައިގެން ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ. އަދި މިހާރު ނަގާ ރެންޑަމް ސާމްޕަލްތަކުން އާ ވޭރިއަންޓަށް ޕޮޒިޓިވްވާ އިތުރު މީހުންގެ ޕަސެންޓޭޖް ދެނެގަނެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ބަލި މިނިމައިޒް ކުރުމަށް ފެތުރެނީ އޮމިކްރޮންކަން އެގޭކަން ނުޖެހޭ. އަޅުގަނޑުމެން އޮމިކޮރޮން ކަމަށް ބަލައިގެން ކުރިއަށްމިދަނީ، ޓެސްޓް ކޮށްގެން ލިބޭ ނަތީޖާއަކީ އޮމިކްރޮނަށް ވިޔަސް އޮމިކްރޮން ކަމަށް ބަލައިގެން އަޅާ ފިޔަވަޅުތައް އަޅާނީ. މިނިމައިޒް ކުރުމަށް މިބަލަނީ އޮމިކްރޮން ޓެސްޓް ނަތީޖާއަކަށް ނޫން. މި ސްޕީޑްގައި ފެތުރޭތީ އަދި އެހެންގައުމު ތަކުގެ ސްޓަޑީތަކަށް ބަލާލާއިރު މިއޮމިކްރޮނަށް ވާނީ، އަދި ޓެސްޓް ކުރި ސާމްޕަލްތަކުން ވެސް ލިބުނު ނަތީޖާތަކުން އޮމިކްރޮން އެބައުޅޭ، ޕަސެންޓޭޖް ވެސް އިތުރުވަމުން މިދަަނީ." ޑރ. އަފްޒަލް ވިދާޅުވިއެވެ.

ރާއްޖޭގައި ފެތުރެމުންދާ ކޮވިޑް-19ގެ އައު ވޭރިއަންޓު އޮމިކްރޮން ވައިރަސް މިހާތަނަށް 74 މީހެއްގެ ގައިން ވަނީ ފެނިފައެވެ. އަދި މިމަހުގެ 11ވަނަ ދުވަހު ރާއްޖެއިން ބޭރަށް ޓެސްޓު ކުރުމަށް ފޮނުވި 100 ސާމްޕަލްގެ ތެރެއިން 51 ސާމްޕަލް އޮމިކްރޮނަށް ވަނީ ޕޮޒިޓިވްވެފައެވެ.

ރާއްޖޭގެ 10 ރަށަކުން އޮމިކްރޮން ވޭރިއަންޓު މިހާތަނަށް ވަނީ ފެނިފައެވެ.



ކިޔުންތެރިންގެ ހިޔާލު