އަހުމަދު މަސްނޫމް   25 ޖެނުއަރީ 2022 - 1:5
ރައްޔިތުންގެ މަޖިލިހުގެ ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް ވިދާޅުވީ އޭނާ ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށާއި މިހާރު ހުންނެވީ ގޭގައި އެކަހެރިވެވަޑައިގެން ކަމަށެވެ. އަދި ބައްޔާއި ގުޅިގެން އަޅަން ޖެހޭ ހުރިހާ ފިޔަވަޅުތައް އަޅަމުންގެންދަވާ ކަމަށް ވިސާމް ވިދާޅުވިއެވެ.



ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވާ އަދަދުތައް ކުއްލިއަކަށް ވަނީ އިތުރުވާން ފަށާފައެވެ. ރާއްޖޭގައި ކޮވިޑުގެ އަދަދުތައް އިތުރުވެފައިވަނީ އޮމިކްރޮން ވޭރިއެންޓާއި ގުޅިގެން ކަމަށް ބެލެވޭ ކަމުގައި އެޗްޕީއޭއިން ވަނީ ބުނެފައެވެ.

ވޭތުވެ ދިޔަ ސައުވީސް ގަޑިއިރު އެކަނިވެސް 2000 އަށް ވުރެ ގިނަ މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.



ކިޔުންތެރިންގެ ހިޔާލު