ށ.ކޮމަންޑޫ އަަށް ސަރުކާރުން އެމްބިއުލާންސް އެއް ފޮނުވައިފިއެެވެ.
ހެލްތު މިނިސްޓްރީން ބުނީ މި އެމްބިއުލާންސަކީ އަތޮޅު ތެރޭގެ ރަށްތަކަށް އެމްބިއުލާންސް ފޯރުކޮށްދިނުމަށް ދައުލަތުގެ މައި ވިޔަފާރި ކުންފުނި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) މެދުވެރިކޮށް ގެނެސްފައިވާ އެމްބިއުލާންސްގެ ތެރެއިން ކޮމަންޑޫއަށް ފޮނުވާ އެމްބިއުލާންސެއް ކަމަށެވެ. މި އެމްބިއުލާންސް އެ ރަށަށް ފޮނުވާފައިވަނީ ރޭގައި ކަމަށް މިނިސްޓްރީން ބުނެ އެވެ.
ށ. ކޮމަންޑޫއަށް އެމްބިއުލާންސެއް ސަރުކާރުން ފޮނުވާފައިމިވަނީ އަންނަ މަހުގެ ފަސްވަނަ ދުވަހު ބާއްވާ ކޮމަންޑޫ ބައި އިލެކްޝަން ބާއްވަން 11 ދުވަހަށް ވެފައިވަނިކޮށެވެ. އެ އިންތިޚާބާއި ދިމާކޮށް ސަރުކާރުން އަންނަނީ ކޮމަންޑޫ ދާއިރާގައި ގިނަ މަޝްރޫއުތަކެއް ހިންގަމުންނެވެެ.
އެސްޓީއޯ މެދުވެރިކޮށް ގެނައި އެމްބިއުލާންސްތަކުގެ ތެރެއިން އެމްބިއުލާންސްތައް މިހާތަނަށް 40 ރަށަށް ވަނީ ފޮނުވާފައެވެ.
އަތޮޅު ތެރެއަށް ބޭނުންވާ އެމްބިއުލާންސް ގެނައުމަށް މިދިޔަ ޖޫން މަހުގެ 10 ވަނަ ދުވަހު ސޮއިކުރި އެއްބަސްވުމުގެ ދަށުން 96 އެމްބިއުލާންސް ގެންނަން ވަނީ ނިިއްމާފައެެވެ. އަތޮޅު ތެރޭގެ ހުރިހާ ރަށަކަށް އެމްބިއުލާންސް ހަމަކުރުމުގެ މަސައްކަތް 2022 ވަނަ އަހަރުގެ މެދުތެރޭގައި ނިންމައިލުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ.

އަތޮޅުތެރޭގައި ބޭނުންކުރުމަށް އެސް.ޓީ.އޯ މެދުވެރިކޮށް ގެނެވިފައިވާ އެމްބިއުލެންސް ގެ ތެރެއިން ށ.ކޮމަންޑޫ އަށް ފޮނުވާ އެމްބިއުލެންސް ވަނީ މިރޭ ފޮނުވާލެވިފައި. pic.twitter.com/bj7VHcWy7Y
— Ministry of Health (@MoHmv) January 24, 2022
ށ. ކޮމަންޑޫއަށް އެމްބިއުލާންސެއް ސަރުކާރުން ފޮނުވާފައިމިވަނީ އަންނަ މަހުގެ ފަސްވަނަ ދުވަހު ބާއްވާ ކޮމަންޑޫ ބައި އިލެކްޝަން ބާއްވަން 11 ދުވަހަށް ވެފައިވަނިކޮށެވެ. އެ އިންތިޚާބާއި ދިމާކޮށް ސަރުކާރުން އަންނަނީ ކޮމަންޑޫ ދާއިރާގައި ގިނަ މަޝްރޫއުތަކެއް ހިންގަމުންނެވެެ.
އެސްޓީއޯ މެދުވެރިކޮށް ގެނައި އެމްބިއުލާންސްތަކުގެ ތެރެއިން އެމްބިއުލާންސްތައް މިހާތަނަށް 40 ރަށަށް ވަނީ ފޮނުވާފައެވެ.
އަތޮޅު ތެރެއަށް ބޭނުންވާ އެމްބިއުލާންސް ގެނައުމަށް މިދިޔަ ޖޫން މަހުގެ 10 ވަނަ ދުވަހު ސޮއިކުރި އެއްބަސްވުމުގެ ދަށުން 96 އެމްބިއުލާންސް ގެންނަން ވަނީ ނިިއްމާފައެެވެ. އަތޮޅު ތެރޭގެ ހުރިހާ ރަށަކަށް އެމްބިއުލާންސް ހަމަކުރުމުގެ މަސައްކަތް 2022 ވަނަ އަހަރުގެ މެދުތެރޭގައި ނިންމައިލުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ.
ކިޔުންތެރިންގެ ހިޔާލު