ކާޑެއްދޫގެ އެއާޕޯޓާ ހަވާލުވާނީ ރަށެއް ދިނުމުން ކަމަށް ވިލާ އެއާ އިން ބުނެފި އެވެ.
ކާޑެއްދޫ އެއާޕޯޓް މިހާރު ހިންގަމުންދަނީ ރީޖަނަލް އެއާޕޯޓުންނެވެ. ކާޑެއްދޫ އެއާޕޯޓް އަންނަ މަހު ވިލާ އެއާއާއި ހަވާލު ކުރާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ބުނެފައެވެ.
ބައެއް މީޑީޔާ ތަކަށް މައުލޫމާތު ދެއްވަމުންވިލާ އެއާގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ނާޝިދު ވިދާޅުވީ އެއާޕޯޓް ހިންގުމަކީ އޭގެ ޒާތުގައި ފައިދާވާ ކަމެއް ނޫން ކަމަށެވެ. އަމިއްލަ ކުންފުނިތަކާ އެއާޕޯޓުތައް ހަވާލު ކުރާއިރު، އޭގެ ބަދަލުގައި ސަރުކާރުން ރަށްތައް ދޫކުރާކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ. އެހެންވެ، ކާޑެއްދޫގެ އެއާޕޯޓް ހިންގުމުގެ ހަރަދު ފޫބެއްދުމަށް ވިލާ އެއާއަށް ވެސް ރަށެއް ބޭނުންވާނެ ކަމަށް ނާޝިދު ވިދާޅުވި އެވެ.
ނާޝިދު އިތުރަށް ވިދާޅުވީ ކާޑެއްދޫ އެއާޕޯޓާ ހަވާލުވުމުގެ އިދާރީ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ. އެއާޕޯޓުގެ ތަރައްގީގެ ޕްލޭންތައް ވެސް އެ ކުންފުނިން ހަދަމުން އަންނަ ކަމަށް ނާޝިދު ވިދާޅުވިއެވެ. އެއާޕޯޓާ ހަވާލުވުމަށް ފަހު، މިހާރުގެ ޓާމިނަލް މަރާމާތު ކުރުމުގެ މަސައްކަތް ފަށައި މިހާރު ހުރި މައްސަލަތައް ހައްލު ކުރަން ވެސް ފަށާނެ ކަމަށް ނާޝިދު ވަނީ ވިދާޅުވެފަ އެވެ.
ނާޝިދު ވިދާޅުވީ ކާޑެއްދޫ އެއާޕޯޓާ މިހާރު އޮތީ ވިލާ އެއާ އިން އެންމެ ފުރަތަމަ އެ ތަނާ ހަވާލުވިއިރު އޮތް ގޮތަށް ކަމަށާއި، އެ ތަން އަލުން މަރާމާތު ކުރުމަށް ބޮޑު ހަރަދެއް ކުރަން ޖެހޭނެ ކަމަށެވެ.
އެއާޕޯޓްތައް ހިންގަން އަމިއްލަ ކުންފުނިތަކާ ސަރުކާރުން ހަވާލުކުރާއިރު ރިސޯޓް ތަރައްގީ ކުރާނެ ރަށެއް ނުވަތަ ސިޓީ ހޮޓަލެއް ހެދުމަށް ބިން ދޭ ގޮތަށް ސަރުކާރުން ވަނީ ނިންމާފައެެވެ. ބައެއް އެއާޕޯޓުތަކާއެކު ދެ ރަށް ވެސް ދޫކޮށްފައިވާކަން ފާހަަގަކޮށްލެވެއެވެެ.
ކާޑެއްދޫ އެއާޕޯޓް މަރާމާތު ނުކުރާތާ ގިނަ ދުވަސް ތަކެއް ވެފައިވާއިރު މިދިޔަ ހުކުރު ދުވަހު އެ އެއާޕޯޓުގެ ބަނދަރު ވެސް ވެއްޓި އެރަށަށް އަރައި ފޭބުމަށް ވަނީ ދަތިތަކާއި ކުރިމަތިލާންޖެހިފައެވެ. އެ ބަނދަރު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން މިހާރު ވަނީ ފަށާފަައެވެ.
50 އަހަރުގެ މުއްދަތަށް ކާޑެެއްދޫ އެއާޕޯޓް ވިލާ އަށް ސަރުކާރުން ދީފައިވަނިކޮށް ޖެނުއަރީ 2017 ގައި އޭރުގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވަނީ އެ ތަނުގެ އެއްބަސްވުން ބާތިލްކޮށްފައެެވެ. އެހެން ނަމަވެސް އެ ނިންމުން ބާތިލްކޮށް އެއާޕޯޓް ވިލާ އާއި ހަވާލުކުރަން ސްޕްރީމް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު