ދާންދޫ ކައުންސިލްގެ ރައީސް މުހައްމަދު އާސިފް
ދާންދޫ ކައުންސިލްގެ ރައީސް މުހައްމަދު އާސިފް
ގއ. ދާންދޫގައި ފުލުހުން ހިންގަން އުޅުނު މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގެ މައުލޫމާތު ލީކުކުރިކަމުގެ ތުހުމަތު ކުރެވުނު ދާންދޫ ކައުންސިލްގެ ރައީސް މުހައްމަދު އާސިފްގެ މައްޗަށް ދަޢުވާކުރެވޭވަރަށް ހެކި ނެތުމުގެ ސަބަބުން އެ މައްސަލަ ފައިލްކޮށްފިއެވެ.

އާސިފްގެ ވަކީލު ކުރީގެ ޕްރޮސިކިއުޓަރ ޖެނެރަލް މުހުތާޒް މުހުސިން މިއަދު ވަނީ ފުލުހުން މި މައްސަލަ ނިންމި ގޮތުގެ މަޢުލޫމާތު ޢާންމު ކުރަށްވާފައެވެ. މައްސަލަ ނިންމި ލިޔުމުގައިވާ ގޮތުން އާސިފްގެ މައްޗަށް ތުހުމަތު ކުރެވުނު މައްސަލައިގައި ދައުވާކުރެވޭވަރަށް ހެކި ޤަރީނާ ލިބިފައިނުވާތީ މައްސަލަ ވަނީ ފައިލް ކޮށްފައެވެ. މިމައްސަލަ ފުލުހުން ތަހުޤީޤުކޮށްފައިވަނީ ސަރުކާރުގެ ސިއްރު ބޭޒާރުކުރި ކަމަށް ބުނެއެވެ.

އެކަމާ ގުޅިގެން މުހުތާޒް ވިދާޅުވީ ދާންދޫ ދާއިރާގެ ސިޔާސީ ބާރުގަދަ ފަރާތެއްގެ ނުފޫޒު ފޯރުވުމާ އެކު ދާންދޫ ރައީސްގެ މައްޗަށް ކުރެވުނީ އަސާސެއްނެތް ތުހުމަތެއް ކަމުގައި އޭރުވެސް އާސިފް ވިދާޅުވި ކަމަށެވެ. އަދި ރައްޔިތުން އިންތިޚާބު ކުރަށްވާފައި ތިއްބަވާ ފަރާތްތަކާއި ދޭތެރޭ މިގޮތަށް ކަންކަންކުރުން ބަލައިގަންނަން ދަތި ކަމަށް މުހުތާޒް ވިދާޅުވިއެވެ.



މި މައްސަލައިގައި އާސިފްގެ ފޯނު މިދިޔަ އަހަރުގެ އޮގަސްޓްމަހުގެ 10 ވަނަ ދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ނަމަވެސް ފޯނުން އެ ތުހުމަތުތަކަށް ބާރުދޭ ހެތްކެއް ފެނިފައެއް ނުވެއެވެ. އެ މައްސަލައިގައި އޭނާ ހިމެނޭހެން ހަތަރު މީހެއްގެ ފޯނު ހިފެހެއްޓި އެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ފޯނު ފުލުހުންގެ ބެލުމުގެދަށަށް ގެންދިޔައީ ޑްރަގް އޮޕަރޭޝަނާގުޅޭ ވާހަކަތަކެއް މެސެންޖަރ އެޕްލިކޭޝަން މެދުވެރިކޮށް ދައްކަވާފައިވާކަމަށް ފުލުހުންގެ އިންޓެލިޖެންސްއަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކަމަށް ފުލުހުން އޭރުވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން